އޮމިކްރޯން ވޭރިއަންޓް އެންމެ ފަހުން ސްރީ ލަންކާއިންވެސް ފެނިއްޖެ

އޮމިކްރޯން ވޭރިއަންޓް އެންމެ ފަހުން ސްރީ ލަންކާއިންވެސް ފެނިއްޖެ

އެފްރިކާގެ ގައުމަކުން ފެނުނު އޮމިކްރޯން ވޭރިއަންޓްގެ ކޭސްއެއް އެންމެ ފަހުން އަވަށްޓެރި ސްރީލަންކާއިންވެސް ރިޕޯޓްކޮށްފިއެވެ.

ސްރީ ލަންކާގެ ހެލްތު ޕްރޮމޯޝަން ބޯޑު (އެޗްޕީބީ) އިން ވަނީ މިއަދު ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ލަންކާގެ އެޗްޕީބީ އިން ބުނީ އޮމިކްރޯން ވޭރިއަންޓް އެޤައުމުން ފެނިފައިވަނީ ދެކުނު އެފްރިކާއިން އެތެރެވި މީހެއްގެ ފަރާތުންކަމަށެވެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިކަމާއި ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން އަންނަކަމަށް ބުނެފައެވެ.

ލަންކާއަކީ ގިނަ ޢަދަދަކަށް ދިވެހިން ގޮސް އުޅޭ ޤައުމެކެވެ. އަދި އެޤައުމުގައި ދިވެހިން ގިނަ ޢަދަދަކަށް ދިރިއުޅެމުންވެސް އާދެއެވެ. ކޯވިޑް-19އާއި ގުޅިގެން އެޤައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލުމުން އަނެއްކާވެސް ދިވެހިން އަންނަނީ އެޤައުނަށް ދަތުރުކުރަމުންނެވެ.

ލަންކާއިން އޮމިކްރޯން ވޭރިއަންޓް ކޭސްއެއް ފެނިފައިވާއިރު އަވަށްޓެރި އިންޑިއިންވެސް އޮމިކްރޯން ފެނިގެން ރިޕޯޓްކޮށްފައިވެއެވެ. އިންޑިއާ އަށް އެތެރެވި ދެ ފިރިހެނެއްގެ ހަށިގަނޑުން އޮމިކްރޯން ވޭރިއެންޓު ފެނިފައިވާ ކަމަށް އެޤައުމުން ވަނީ ބުނެފައެވެ. ދެ މީހުންނަކީ ވެސް އެހެން ގައުމެއްގެ ރައްޔިތުންނެވެ.

މިދިޔަ އޭޕުރިލް އަދި މެއި މަހުގެ ތެރޭގައި އިންޑިޔާގައި ވަރަށް ބޮޑަށް ކޯވިޑް-19 ފެތުރުނެވެ. އެހެންކަމުން އޮމިކްރޯން ފެތުރެން ފަށައިފިނަމަ އަނެއްކާވެސް ބަލިމަޑުކަމުގެ ނުރައްކާތެރި އިތުރު ރާޅަކާ އެ ޤައުމުން ކުރިމަތިލާން ޖެހޭނެކަމުގެ ބިރުވެރިކަންވަނީ ފެތުރިފައެވެ.

ގިނަ ތަޖުރިބކާރުން ވިދާޅުވާ ގޮތުގައި އޮމިކްރޮން ވޭރިއެންޓުން އާދަޔާ ޚިލާފަށް ބޮޑަށް ބަލި ޖައްސައިދޭކަމަށް ނިންމަން އަދި އަވަހެވެ. އަދި ދެކުނު އެފްރިކާގައި މި ވޭރިއެންޓުން ބަލިޖެހުނު ބައެއް މީހުންނަށް ފަރުވާ ދީފައިވާ ޑޮކްޓަރަކު ވިދާޅުވެފައިވަނީ، ބަލިމީހުންގެ ކިބައިން ފެނިފައިވަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށެވެ. "އެންމެ އާންމުކޮށް ފެނިފައިވާ އަލާމާތްތަކަކީ، ފުރަތަމަ ދެދުވަހު ވަރަށް ބޮޑަށް ވަރުބަލިވެފަ، ބޮލުގައި ރިއްސުމާއި، ހަށިގަޑުގައި ރިއްސުން،" ދެކުނު އެފްރިކާގެ މެޑިކަލް އެސޯސިއޭޝަންގެ ޗެއަރ ޑރ. އންގލިކް ކޯޒީ ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *