އާރިއާ ސީޒަން 2 މި މަހު 10ގައި!

އާރިއާ ސީޒަން 2 މި މަހު 10ގައި!

Author
ފާތިމަތު ނާވީ
04 ޑިސެމްބަރ 2021 08:05
0

ބަތަލާ ސުޝްމިތާ ސެންގެ ވެބްސީރީޒް "އާރިޔާ"ގެ ދެވަނަ ސީޒަން މި މަހުގެ 10 ވަނަ ދުވަހު ޕްރިމިއާކުރުމަށް ނިންމައި ޓްރެއިލާ ދައްކާލައިފިއެވެ.

"އާރިއާ 2″ ވެސް ސްޓްރީމް ކުރާނީ ފުރަތަމަ ސީޒަން ވެސް ސްޓްރީމްކުރި ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

ރާމް މަދުވާނީ ޑައިރެކްޓް ކޮށްފައިވާ މި ސީރީޒަކީ އަންހެނަކު އާއިލާގެ ރައްކާތެރިކަމާއި ސަލާމަތަށް ވާ ގުރުބާނީ ފެނިގެންދާ އެއްޗެކެވެ. ސުޝްމީތާ ވަނީ މީގެ ޓްރެއިލާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)

ގިނަ ދުވަސްތަކެއް އެކްޓުކުރުމާ ދުރުގައި ހުރުމަށް ފަހު ޝުޝްމިތާ އެނބުރި އައުމަށްފަހު ގެނެސްދިން "އާރިޔާ" އަކީ ބޮޑު ތަރުހީބެއް ލިބުނު ސީރީޒެކެވެ.

ފުރަތަމަ ސީޒަނެކޭ އެއްގޮތަށް "އާރިއާ 2″ ވެސް ހުރިހާ ގޮތަކުން ފުރިހަމަ އަދި ޝައުގުވެރި އެެއްޗަކަށް ވާނެކަމަށް ސަޕޯޓަރުން އުންމީދުކުރެއެވެ. މީގެ ފުރަތަމަ ސީޒަން ދައްކަންފެށީ ޖޫން 19 ގައެވެ. އެ ސީޒަންގައި ވަނީ ޖުމްލަ 9 އެޕިސޯޑް ގެނެސްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.