އަލީ ސޯލިހުގެ ރައްދު ހައިލަމަށް: އެއްވެސް ފަނޑިޔާރަކަށް ޤާސިމް ރިޝްވަތެއް ނުދޭނެ

އަލީ ސޯލިހުގެ ރައްދު ހައިލަމަށް: އެއްވެސް ފަނޑިޔާރަކަށް ޤާސިމް ރިޝްވަތެއް ނުދޭނެ

ގުޅުންހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމް ދެއްކެވި ވާހަކައަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލު ކުރުމާއެކު، ޔާމީންގެ ވެރިކަމުގައި އެ ކޯޓުގެ ފުރާޅުން ޓިނު ނެގި ވާހަކައިގެ ހަނދާން އާކުރަމުން ބަޔެއް ފަރާތްތަކުން ގެންދާތީ ހައިލަމް މިއަދު ވިދާޅުވެފައި ވަނީ ފުރާޅުން ޓިނު ނަގަން ޖެހުނު ސަބަބަކީ ޖުމްހޫރީ ޕާޓީ އާއި ވިލާ ކުންފުނީގެ ވެރިޔާ ޤާސިމް އިބްރާހިމްގެ މައްސަލަ ބަލަމުންދިޔަ 2 ފަނޑިޔާރުން ކަމުގައިވާ ޢަބްދުالله ސަޢީދާއި ޢަލީ ޙަމީދަށް، ކޮންމެ މީހަކަށް 8 ލައްކަ ޑޮލަރު ދޭން ވިލާ ކުންފުނިން ނިންމުމާއި ގުޅިގެން ކަމަށެވެ.

އެއީ 1 ފެބްރުއަރީ އަމުރާ ގުޅިގެން ދެވުނު ހަދިޔާ. ޓިނު ނެގުމުގެ ޙަޤީޤަތް އޮޅުވާނުލައްވާ!

– ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ހައިލަމްގެ މި ވާހަކައަށް ވަރުގަދަ ރައްދެއް ދެއްވަމުން އަލީ ސޯލިޙު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސްލެއް ނެތް، ދޮގު ވާހަކަ ދައްކަވައިގެން ދިރިއުޅުއްވަން ހައިލަމް ގަސްތު ކުރެއްވުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރު ކަމުގައި ހުންނަވައިގެން ހައިލަމް އިންސާފުން އެއްކިބާވެ، މީހުންނަށް އަނިޔާވެރިވިކަން ހާމަވާ ކަމެއް ކަމަށްވެސް އަލީ ސޯލިޙު ވިދާޅުވެފައިވެއެވެ.

ވިލާ ކުންފުނިން ވިޔަސް، ޤާސިމް އިބްރާހިމްވެސް އެއްވެސް ފަނޑިޔާރަކަށް ރިޝްވަތު ނުދެއްވާނެ.

– އަލީ ސޯލިހު ވިދާޅުވިއެވެ.

ޔާމީންގެ ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލު ކުރުމާއެކު ގިނަބަޔަކު ދަނީ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، އެ ކޯޓުގެ ބަޔެއް ފަނޑިޔާރުން ހައްޔަރު ކުރި ދުވަސް މަތިން ހަނދާން އާކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ