ސްޕްރީމް ކޯޓުން ޓިނު ނެގުމުގެ، ޙަޤީޤަތް ހައިލަމް ވިދާޅުވެ ދެއްވައިފި

ސްޕްރީމް ކޯޓުން ޓިނު ނެގުމުގެ، ޙަޤީޤަތް ހައިލަމް ވިދާޅުވެ ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2021 02:53
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލައިގެ ހަގީގަތް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެ ވެދެއްވައިފިއެވެ.

މިއަދު ރައީސް ޔާމީން މިނިވަން ކުރުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމުން ހާމަވެގެން ދިޔައީ، ކުރާ ހުކުމަކުން ފަނޑިޔާރުން ހައްޔަރުކޮށް، ފަނޑިޔާރުގެއިން ޓިނު ނުގަނާނެ ކަމުގެ ޔަގީންކަމުގައި ރައީސް ޔާމީނަށް ބޮޑުބޭނެ ވިދާޅުވާ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ވިދާޅުވެފައެވެ.

ޔުމްނާގެ ވާހަކަތާއި ގުޅިގެންނާއި، އަދި ބައެއް އެހެން ބޭފުޅުންވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރި ހުކުމައި ގުޅިގެން ސްޕްރީމް ކޯޓުން ޓިނު ނެގި މައްސަލާގައި ދައްކަވަމުންދާ ވާހަތަކަށް ހައިލަމް ވަނީ އިޝާރާތް ކުރައްވައި ޓުވީޓެއް ކުރައްވާފައެވެ.

ހައިލަމް ވިދާޅުވީ ސްޕްރީމް ކޯޓުގެ ޓިނު ނަގަން ޖެހުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިފައި މަސައްކަތް ކުރަމުންދިޔަ ޤާސިމް އިބްރާހިމްގެ މައްސަލަ ބަލަމުންދިޔަ 2 ފަނޑިޔާރުން ކަމުގައިވާ ޢަބްދުالله ސަޢީދާއި ޢަލީ ޙަމީދަށް، ކޮންމެ މީހަކަށް 8 ލައްކަ ޑޮލަރު ދޭން ވިލާ ކުންފުނިން ނިންމި ނިންމުމާއި ގުޅިގެން ކަމަށެވެ. މިހަގީގަތް އޮޅުވާލައި، މިއަދު ޓިނު ނެގި ވާހަކަ ދެއްކުން ރަނގަޅު ނޫންކަމަށް ހައިލަމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ޓިނު ނެގީ ޤާސިމްގެ މައްސަލަ ބަލަމުންދިޔަ 2 ފަނޑިޔާރުން ކަމުގައިވާ ޢަބްދުالله ސަޢީދާއި ޢަލީ ޙަމީދަށް، ކޮންމެ މީހަކަށް 8 ލައްކަ ޑޮލަރު ދޭން ވިލާ ކުންފުނިން ނިންމުން. އެއީ 1 ފެބްރުއަރީ އަމުރާ ގުޅިގެން ދެވުނު ހަދިޔާ. ޓިނު ނެގުމުގެ ޙަޤީޤަތް އޮޅުވާނުލައްވާ!

– ހައިލަމް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އުފާފާޅު ކުރަމުންދާއިރު، ޔުމްނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދު ހާމަވެގެން ގޮސްފައިވަނީ ސްޕްރީމް ކޯޓުގެ މިނިވަންކަމާއި އަދުލު އިންސާފު އޮތް މިންވަރުކަމަށެވެ. އަދި ފަނޑިޔާރުން ކުރާ ހުކުމަކުން އެ ފަނޑިޔާރު ހައްޔަރުކޮށް، ފުރާޅުން ޓިނު ނަގައި މިސަރުކާރުން ނަހަދާނެކަން ދިވެހި ރައްޔިތުންނަށް ޔަގީން ވެފައިވާކަމަށް ޔުމްނާ ވިދާޅުވިއެވެ.

މިއަދު ފެނިގެން މި ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން. މި ސަރުކާރުން ފަނޑިޔާރުން ހައްޔަރެއް ނުކުރާނެ. ފުރާޅުން ޓިނެއް ނުނަގާނެ.

– ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން އޭރުގެ ބައެއް ފަނޑިޔާރުން ހައްޔަރުކުރުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ. ސްޕްރީމް ކޯޓުން މިއަދު ރައީސް ޔާމީން މިނިވަން ކުރުމަށް ހުކުމް ކޮށްފައިވަނީ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަމަަަ
ހައިލަމަށް ލާރިގަނޑެއް ރެޑީ ކޮއްފަ އޮތީ.. ހހެެހެ