ފެމިލީ ކޯޓަށް ޢައްޔަންކުރެއްވި ދެ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ ހުވައި ކުރައްވައިފިއެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގައި ބޭއްވި ރަސްމިއްޔަތެއްގައި ރަސްމިއްޔާތެއްގައި ފެމިލީ ކޯޓުގެ ފަނޑުޔާރުކަމުގެ ހުވައި ކުރެއްވީ، އއ. ފެރިދޫ، ނަޝީދީހިޔާ، އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރާއި، ކ.މާލެ މ.ވިލުފުށީގެ، އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރެވެ.
އަލްއުސްތާޛާ ޒަޢީމާ ނަޝީދު ވަނީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުން ބެޗްލަރ ޑިގްރީ ޙާޞިލްކުރައްވައި، ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، ޒަޢީމާ ވަނީ ޖުވެނައިލް ކޯޓުގެ ރެޖިސްޓްރާރުގެ މަޤާމުގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން ބެޗެލާރސް އޮފް ލޯސް ޙާޞިލްކުރައްވާފައެވެ. މަޢީޝާ ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑް އަދި ފެމިލީ އެންޑް ޗައިލްޑްސް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ފެމިލީ ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ޒައީމާ އަދި މަޢީޝާއަކީ، އެ މަޤާމަށް އެންމެ ޤާބިލުކަމަށް ޖޭއެސްސީން ކަނޑައެޅި ދެ ބޭފުޅުންނެވެ.
ކޮމެންޓު ފޮނުވާ