ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަނުފެން ވޯޓެއް ނެގުމަށް ބުރަ އުފުލެވޭވަރުގެ ޤާބިލްކަން ދިވެހި ދިވެހި ދައުލަތުގެ މާލިއްޔަތުގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރުކުރުގެ ކެމްޕެއިން ދަނީ ކުރިއަށެވެ. އަދި އެ ޕެޓިޝަންގައި އެއްލައްކައަށްވުރެ މީހުން ސޮއިކޮށްފައިވާކަމަށް އެކަން އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ނިޒާމީ ވޯޓާއި ގުޅޭގޮތުން އައްޑޫ ޝަރީފް ކުރެއްވި ޓްވީޓްގައ ވިދާޅުވީ، ބަލިމަޑުކަމުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނަ ވަގުތެއްގައި ބައެއް ސިޔާސީ މީހުންގެ އެދުންތައް ފުއްދުމަށް މާލިއްޔަތުން އިސްރާފު ކުރެވެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ޤައުމުގެ އިޤްތިޞާދު ހިންގަން މިވަގުތު ދަރަނި ނެގުން ނޫންގޮތެއް ނެތްކަމަށާއި، ސިޔާސީ ވަކި ބަޔަކު ބޭނުންވެގެން ބޮޑު އިންތިޚާބެއް ނުބޭއްވޭނެކަމަށެވެ.
Now that our country can see the end of the pandemic is near n return to normal isn’t far away,political opposition as well as political rivals within the ruling party itself have started claims of the country going bankrupt,Politics of deficit,govt borrowing n debt has returned
— Ibrahim Shareef (@AdduShareef) November 26, 2021
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝަޢުގުވެރިކަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ފާޅުކުރައްވާފައެވެ. ނަޝީދު ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމެއް ގެނައުމާމެދު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ވަނަ އަހަރު ނިޒާމް ބަދަލުކުރުމަށް ހުރިހާ ޕާޓީތަކުން އެއްބަސްވާކަމަށެވެ.
Another campaign to change the system of governance,not only will create unnecessary chaos,but wasteful expenditure of public money at a time of unprecedented economic hardship n sky high public debt.This country can’t afford to waste public money to full fill politicians egos.
— Ibrahim Shareef (@AdduShareef) November 26, 2021
ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.
ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.