އަތޮޅު ތެރޭގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ބޭނުންކުރުމަށް މިމަހު އިތުރު 20 އެމްބިއުލާންސް ގެނައުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އަތޮޅުތެރޭގައި އެމްބިއުލާންސް ޚިދުމަތް ނެތް ރަށްތައް ފާހަގަކޯށްފައިޥާއިރު،އް ޭގެ ތެރޭގައި 96 ރަށް ހިމެނޭކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެރަށްތަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓްރީން ވަނީ މިދިޔަ މަހު އެސްޓީއޯއާއެކު 96 އެމްބިއުލާންސް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެތެރެއިން މިދިޔަ މަހު 20 އެމްބިއުލާންސް ރާއްޖެ ގެނެސް ވަނީ ރަށްތަކަށް ފޮނުވާފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ ތެރެއިން 20 ރަށަކަށް ބޭނުންވާ އެމްބިއުލާންސް މިމަހު ގެނެވޭނެކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ
އެމްބިއުލާންސްތައް ގެނެސް، އަތޮޅުތަކުގައި ޚިދުމަތް ދޭން ފެށުމުން، ކާރިޘާގެ ވަގުތުތަކުގައިއާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެކަމަށްވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
އެމްބިއުލާންސް ފޯރުކޮށްދިނުމުގެ އިތުރުންވެސް، އަތޮޅުތެރޭގައި ދެވޭ ސިއްހީ ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުރިއަރުވަމުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ