ސަރުކާރުން ނަގާ ދަރަނިން އުފައްދަނީ އާމްދަނީއެއް ނޫން، އުފައްދަނީ އިތުރު ދަރަނި: ސަޢީދު

ސަރުކާރުން ނަގާ ދަރަނިން އުފައްދަނީ އާމްދަނީއެއް ނޫން، އުފައްދަނީ އިތުރު ދަރަނި: ސަޢީދު

Author
މުޙައްމަދު ޖިމީ
24 ނޮވެމްބަރ 2021 01:44
0

މިސަރުކާރުން ނަގާ ދަރަނިން އުފައްދަނީ އާމްދަނިއެއް ނޫންކަމަށާއި، އުފައްދަނީ އިތުރު ދަރަނިކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ، މިސަރުކާރުން ޚަރަދު މެނޭޖުކުރުމަށް ތިންވަނަ ފަހަރަށް ފައިސާ ޗާޕްކުރުމާއި، ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާ މައްސަލައާއި ގުޅޭގޮތުންނެވެ.

ސަޢީދު ވިދާޅުވީ ކިޔަވައިދޭ މަދަރުސާތައް ރަހުނުކޮށް ސަރުކާރުން ލޯން ނަގާފައިވާކަމަށެވެ. ސަޢީދު އެހެން އިޝާރާތްކުރެއްވީ ބައެއް ސްކޫލްތައް ރަހުނުކޮށް ދައުލަތުން ލޯން ނަގާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެންނެވެ.

ސޢީދު ވިދާޅުވީ، ސަރުކާރުޔން ސާޕުކުރި 4 ބިލިއަން ރުފިޔާ 50 އަހަރަށް ބަހާލުމުން ދަރަނި އަޅުވަނީ ކިޔަވާ ކުދިންގެ ބޮލުގަކަމަށެވެ. އަނެއްކާވެސް އިތުރު 2.5ބިލިއަން ރުފިޔާ ޗާޕްކުރަން ނިންމި ނިންމުމާއެކުޖުމްލަ 6 ބިލިއަން ރުފިޔާ ޗާޕްކުރެވުނީޫކަމަށެވެ. އެ ދަރަނިން ހޯދަނީ އާމްދަނިއެއް ނޫންކަމަށާއި، އުފައްދަނީ އިތުރު ދަރަނިކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ސަރުކާރުން ތިންވަނަ ފަހަރަށް ފައިސާ ޗާޕްކުރުމަސް މަޖިލީހުގެ ހުއްދައަށް އެދުމުން މަޖިލީހުން ވަނީ އެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ.

އެމްއެމްއޭއިން ފައިސާ ޗާޕްކުރުމުގެ ހުއްދަ އިތުރު އެއް އަހަރަށް އިތުރުކޮށްދީ، ފައިސާ ޗާޕްކުރެވޭނެ ލިމިޓްކަމަށް 2.5 ބިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން ފައިސާ ޗާޕްކުރަން ނިންމާފައިވާއިރު، 2020 ވަނަ އަހަރު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވަނީ ކޯވިޑް-19ގެ މިހާލަތުގައި ފައިސާ ޗާޕްކުރެއްވުމުގެ އެއްވެސް ވިސްނުމެއް ނުގެން ގުޅުއްވާކަމަށެވެ.

ދުނިޔޭގެ ހުރިހާ ޤާއުމެއްގެ މަރުކަޒީ ބޭންކުތަކުންވެސް އިޤްތިޞާދީ ހާލަތު އެންމެ ދަށްވާ ހާލަތުގައިވެސް ފައިސާ ޗާޕްކުރުމަކީ ނުކުރާކަމެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އިޤްތިޞާދީ ގޮތުން އެންމެ ފުދުންތެރި އަދި ވަސީލަތްތައް ގިނަ ޤައުމުތަކުގައިވެސް ފައިސާ ޗާޕްކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެޤައުމެއްގެ އިޤްތިޞާދީ ބުރަދަނަށް ވަރަށްބޮޑަށް ރިޢާޔަތްކުރައްވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ބޮޑެތި ޤައުމުތަކުގައި މިގޮތަށް ފައިސާ ޗާޕްކުރިނަމަވެސް އެޤައުމުތަކުގެ އެތެރޭގައި ހުރި ވަސީލަތްތަކާއި، މަސައްކަތްތައް ބޭނުންކޮށްގެން އެ ހާލަތުން އަރައިގަތުމުގެ ފުރުޞަތު އޮތްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި ފައިސާ ޗާޕްކޮށްގެން އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކެއް ނެތްކަން ގަވަރުނަރު ޢަލީ ހާޝިމް ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ އިމްޕޯޓްދަށް، އެކްސްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު މިފަދަ ހާލަތެއްގައި ޕްލޭންކުރެވި ދުރާލައި ކަންކަންވާނެގޮތަކަށް ބަލައި ޕްލޭންތަކެއް ހެދުމަކީ މުހިންމުކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑްގެ މިހާލަތަށް ރިޢާޔަތްކޮށް ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ތެރެއިން އެންމެ ގޯސްވާނެ ހާލަތަކަށްވެސް ރިޢާޔަތްކޮށް އެމްއެމްއޭއިން ޕްލޭނެއް އެކުލަވާލާފައިވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އަދި އެހާލަތަށް ގޮސްފިނަމަ އެމްއެމްއޭއިން ދީފައިވާ ލަފާގެ މަތީންކަންކަން ކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްކަމަށްވެސް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޮރަކަލި
ވެރިކަމާހެދީ ހާލަކުވަމުން އެދަނީ ފިނިފެންމާސައީދުމެން