އަމިއްލަ ގޮތުން އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ކުދިން ނަންނޯޓު ކުރަން ސޯސަންވިލާއިން ހުޅުވާލައިފި

އަމިއްލަ ގޮތުން އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ކުދިން ނަންނޯޓު ކުރަން ސޯސަންވިލާއިން ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2021 07:53
0

އަމިއްލަ ގޮތުން އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ކުދިން ނަން ނޯޓު ކުރަން ސޯސަންވިލާއިން ހުޅުވާލައިފިއެވެ.

ސޯސަންވިލާއިން މިއަދު އާންމު ކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އަންނަ އަހަރުގެ މެއި/ޖޫން ގައި ރާއްޖޭގައި އޮންނަ އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ގޮތުން ބައިވެރިވާ ދަރިވަރުން ސޯސަންވިލާއަށް ގޮސް އިމްތިޙާނު ހެދުމަށްޓަކައި ނަން ނޯޓު ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ލަންކާގައި އުޅޭ ދިވެހި ކިޔަވާކުދިންގެ ތެރެއިން އެ ސެންޓަރުގައި ތައުލީމް ޙާސިލްކުރާ ކުދިން ފިޔަވައި، އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ދިވެހި ކުދިން ސޯސަންވިލާއަށް ގޮސް އިމްތިޙާނު ހެދުމަށްޓަކައި ނަން ނޯޓު ކުރުމަށް އެ ސެންޓަރުން ދީފައިވާ ސުންގަޑި ކަމަށް ބުނެފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު މެންދުރުފަހު 3:30 އެވެ.

ނަން ނޯޓު ކުރުމަށާއި، މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 3:30 އާއި ދެމެދު ކަމުގައި ދަންނަވަމެވެ. ނަން ނޯޓު ކުރުމާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 0112366147 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.

– ސޯސަންވިލާއިން މިއަދު އާންމު ކޮށްފައިވާ ލިޔުމުގައި ބުނެފައިވެއެވެ.

ނާސަރީން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ދިވެހި، އިސްލާމް އަދި ޤުރުއާން ކިޔަވައި ދެމުން އަންނަ ސޯސަންވިލާގައި މިދިޔަ އަހަރުވެސް 19 ދަރިވަރަކު ވަނީ އެސް.އެސް.ސީ އިމްތިޙާނު ފުރިހަމަ ކޮށްފައެވެ. އޭގެތެރެއިން 13 ދަރިވަރުންނަކީ ސޯސަންވިލާގައި ތައުލީމް ޙާސިލް ކުރަމުން އަންނަ ދަރިވަރުންނެވެ. އަނެއް 6 ދަރިވަރުންނަކީ އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.