ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެންމީހާގެ ފައި ބުރިކޮށްލައިފިއެވެ.
ރޭ މި އެކްސިޑެންޓް ހިނގާފައިވަނީ މާލޭ ބާ ޖަމާލުއްދީން ހުންނަ ނިކަގަސް މަގުގައެވެ. ރޭ 9 ޖަހާ އެހާކަންހާއިރު ހިނގި މިއެކްސިޑެންޓުގެ ވީޑިއޯ އަންނަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ވަރަށް ބާރަށް ދުއްވާފައި ދިޔަ ކުޑަ ޕިކަޕެއް ކޮންޓްރޯލްނުވ މަގު ހުރަސްކުރަމުންދިޔަ އަންހެން މީހާގައިގައި ޖެހި، ފާރަކާއި ޕިކަޕާ ދޭތެރޭ އަންހެން މީހާ ތާށިވާތަން ފެނެއެވެ.
މި އެކްސިޑެންޓް ވުމާއެކު ޕިކަޕުގެ ޑްރައިވަރު ދުވަމުން ގޮސް އަންހެން މީހާއަށް އެހީވުމަށް މަސައްކަތްކުރެއެވެ. އަދި އެތަނަށް އެއްވި މީހުންވެސް އެ އަންހެންމީހާއަށް އެހީތެރިވާން ފަށައެވެ.
މި އެކްސިޑެންޓުގައި ޒަޚަމްވީ 47 އަހަރުގެ ދިވެހި އަންހެނަކަސެވެ. އެކްސިޑެންޓް ހިނގިއިރު ދުއްވަން އިނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާއަކީ ޕިކަޕް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއްކަމަށްވެސް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެކްސިޑެންޓުގެ މަންޒަރު ދުއްމީހުން ބުނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ލޭގެ ކޯރެއް ހެދިފައި އޮތްކަަމަށެވެ.
ކޮމެންޓު ފޮނުވާ