ސްކްރީން ރައިޓިން ވޯކްޝޮޕެއް ފަށަނީ

ސްކްރީން ރައިޓިން ވޯކްޝޮޕެއް ފަށަނީ

ސްކްރީން ރައިޓިން ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުސަތު ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)އިން ހުޅުވާލައިފި އެވެ.

މި ކޯހުގެ މަގުސަދަކީ ތަފާތު ސްކްރީން އަދި ޖޮންރާތަކަށް ސްކްރިޕްޓު ލިޔާނެ ލިޔުންތެރިން އުފެއްދުމާއި, ސްކްރީން ރައިޓިންގ ގެ ދާއިރާ ގައި މަސައްކަތްކުރާ ފަރާތްތަކަށް މިފަންނު އިތުރަށް ތަރައްގީކޮށް ޕްރޮފެޝަނަލް ލެވަލްއެއްގައި މިކަން ކުރާނޭ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދުވަހުގެ މުއްދަތަށެވެ. ރާއްޖޭގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު މި ދާއިރާއިން އެންމެ ބޮޑަށް މަދުވާ އަދި އެންމެ މުހިއްމު އެއް ބަޔަކީ ވެސް ސްކްރީން ރައިޓިން އެވެ.

މި ވޯކްޝޮޕް ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ 13:00 ގެކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.

އަދި މި ވޯކްޝޮޕާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން  3313456 ނަންބަރަށް ގުޅުމުން އިތުރުމައުލޫމާތު ލިބިގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކިޔަވާދެއްވާ ބޭފުޅުން ތި އާރޓިކަލް ފުރިހަމަ ކޮށްލަން ހިމަނާލިނަމަ ފުރިހަމަ ވީސް.

Leave a Reply

Your email address will not be published. Required fields are marked *