އެމްބާޕޭއަށް އަނިޔާވެ ޕީއެސްޖީއަށް އިތުރު މައްސަލަތަކެއް

އެމްބާޕޭއަށް އަނިޔާވެ ޕީއެސްޖީއަށް އިތުރު މައްސަލަތަކެއް

Author
އިބްރާހީމް ސާޢިދު
03 ނޮވެމްބަރ 2020 08:06
0

ފްރާންސްގެ ޕީއެސްޖީގެ ކައިލަން އެމްބާޕޭއަށް އަނިޔާވެ އެޓީމަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. އެމްބާޕޭއަށް އަނިޔާވީ ހަފްތާބަންދުގައި ފްރެންޗް ލީގުގައި ނޯންޓްސް އާއި ދެކޮޅަށް ކުޅުނު މެޗުގައިއެވެ.

އެމެޗުގައި އަނިޔާގެ ސަބަބުން ޕީއެސްޖީގެ ނޭމާގެ އިތުރުން މައުރޯ އިކާޑީ އާއި ނުކުޅެއެވެ. އެމެޗުގައި އެމްބާޕޭ މޮޅު ކުޅުމެއް ދެއްކިއިރު އޭނާގެ ފައިގެ ފަލަމަސްގަނޑަށް މެޗުގައި ވަނީ އަނިޔާވެފައެވެ. މިއަނިޔާ ގުޅިގެން ޕީއެސްޖީން ބޭއްވި އެންމެފަހުގެ ފަރިތަކުރުންތަކުގައި ވެސް އެމްބާޕޭ ބައިވެރިއެއް ނުވެއެވެ. ބުދަދުވަހު އެޓީމުން ޖަރުމަނުގެ އާރްބީ ލިޕްޒިގާއި ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ކުޅެވޭކަން ޔަގީންވާނީ މެޗަށް ފުރުމުގެ ކުރިން ހަދާ ޓެސްޓުން ފާސްވެގެން ކަމަށް ޕީއެސްޖީން ވަނީ ބުނެފައެވެ.

ޕީއެސްޖީން މިވަގުތު އޮތީ ޗެމްޕިއަންސް ލީގުގެ އެޓީމު ހިމެނޭ ގުރޫޕްގެ ދެވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.