މޫސުމީ ބަދަލުތަކަށް މަސައްކަތްކުރުމަށް 200 މިލިއަން ޑޮލަރަކީ ކުޑަ ޢަދަދެއް ނޫން: ނަޝީދު

މޫސުމީ ބަދަލުތަކަށް މަސައްކަތްކުރުމަށް 200 މިލިއަން ޑޮލަރަކީ ކުޑަ ޢަދަދެއް ނޫން: ނަޝީދު

Author
މުޙައްމަދު ޖިމީ
10 ނޮވެމްބަރ 2021 10:49
0

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތަޢުރީފް ކުރައްވައިފިއެވެ.

ރައީސް ނަޝީދު ތަޢުރީފް ކުރެއްވީ މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް، ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން (ޖީ.ސީ.އޭ.) އާ ރާއްޖެއާ ދެމެދު 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެންނެވެ.

ތިމާވެށީގެ މަސައްކަތްކުރުމަށް 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެެއްގައި ސޮއިކޮށްފި

ރައީސް ނަޝީދު ވަނީ، މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް ރައީސް ޞާލިޙާއި މިނިސްޓަރ ޝައުނާ ކުރައްވާ މަސައްކަތްޕުޅަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ީ މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް، ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން (ޖީ.ސީ.އޭ.) އާ ރާއްޖެއާ ދެމެދު 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ރައީސް ނަޝިދު ވިދާޅުވީ އެ ޢަދަދަކީ މަދު ޢަދަދެއްކަމަށް ނުބުނެވޭނެކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް ޖުމްލަ 200 މިލިއަން ޔޫ.އެސް. ޑޮލަރު ގެ މަޝްރޫޢުތަކެއް އެކުލަވާލުމަށް ޖީ.ސީ.އޭ. މެދުވެރިކޮށް ފައިސާ ހޯދައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓަށް ހުށަހެޅި ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) ގައި ހިމެނޭ އެޑެޕްޓޭޝަން ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތު ކުރުމުގައި ރާއްޖެ އިސް ދައުރެއް އަދާކުރުމަށް ކްލައިމެޓް ވަލްނަރަބްލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް އެހީވުން ވެސް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ޖީ.ސީ.އޭ. އިން ރާއްޖެއަށް އެހީފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި، ފެނުގެ ވަސީލަތްތަކަށާއި، ރާއްޖޭގެ ރަށްރަށަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މި ކަންކަމަށް ބޭނުންވާ މާލީ އެހީ ހޯދުން ހިމެނެއެވެ.

ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ހޭނުވުމަށް 2018 ވަނަ އަހަރު ނެދަލޭންޑްސް ގެ ރޮޓަރޑޭމްގައި އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާއަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.