އެންމެކުޑަ އުޖޫރައިގެ ގޮތުގައި 4،500 ރުފިޔާ ކަނޑައަޅައިފި

އެންމެކުޑަ އުޖޫރައިގެ ގޮތުގައި 4،500 ރުފިޔާ ކަނޑައަޅައިފި

Author
މުޙައްމަދު ޝަޒައިމް
08 ނޮވެމްބަރ 2021 10:07
0

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 4،500 ރުފިޔާ ކަނޑައަޅައިފިއެވެ.

އުޖޫރަ ކަނޑައަޅާފައިވާނީ މިކަމަށްޓަކައި މިއަދު ބޭއްވި ޚައްސަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއެވެ.

އުޖޫރަ ކަނޑައަޅާފައިވާގޮތް:

– ކުދި ވިޔަފާރިތަށް، 4،500 ރުފިޔާ
– މެދުފަންތީގެ ވިޔަފާރިތަކަށް 7،000 ރުފިޔާ
– ބޮޑެތި ވިޔަފާރިތަޔަށް 8،000 ރުފިޔާ
– ބަޕްލިކް ސެކްޓަރ އަށް 7،000 ރުފިޔާ

އެންމެ ކުޑަ އުޖޫރަ ގަރާރުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖްގެ ވާހަކަ ދެކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށެވެ. އަދި އެކަން ތަންފީޒު ނުކުރެވި ލަސްވި ލަސްވުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިބަލާއިއެކު ސިވިލްސާވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން 15،000 މީހުންނަށް މުސާރަ ރަނގަޅު ވެގެންދާނެކަމަށެވެ. އަދި ފަތުރުވެރިކަމުގައި ހިމެނޭ ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް މުސާރަ ރަނގަޅު ވެގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ އުޖޫރަ ކަނޑައެޅި ކަމުގައިވީނަމަވެސް ގެންނަން ޖެހޭ ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެބަދަލެއް ގެނައުމަސް ސަރުކާރުން ފަހަތަށް ނުޖެހޭނެކަމަށެވެ.

މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަކުރުމަށް 500 މިލިއަން ރުފިޔާ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ. އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރުމަށް ރާވައިފައިވަނީ އަހަރުތަކަކަށް ބަހާލައިގެންކަމުން 2023 އަދި 2024 ވަނަ އަހަރަށް ޕޭ ހާމަނައިޒޭޝަންއާއި މިނިމަމް ވޭޖް ތަންފީޒުކުރުމަށް 750 މިލިއަން ރުފިޔާ އަދި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.