ދަތުރު ކުރަމުންދިޔަ ބޯޓު ވެއްޓި، ބްރެޒިލްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެންޑޮންކާ މަރުވެއްޖެ

ދަތުރު ކުރަމުންދިޔަ ބޯޓު ވެއްޓި، ބްރެޒިލްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެންޑޮންކާ މަރުވެއްޖެ

Author
ހުސެއިން
06 ނޮވެމްބަރ 2021 10:08
0

ބުރެޒިލްގެ އެންމެ މަޝްހޫރު ލަކިޔުންތެރިއާ، މަރީލިއާ މެންޑޮންކާ، އޭނާ ދަތުރުކުރަމުންދިޔަ ކުޑަ މަތިންދާ ބޯޓު ވެއްޓި، އުމުރުން 26 އަހަރުގައި މަރުވެއްޖެކަން ބްރެޒިލްގެ އޮފިޝަލުން ހާމަ ކޮށްފިއެވެ.

ބްރެޒިލްގެ އިރު ދެކުނުގައި އޮންނަ ސްޓޭޓެއް ކަމުގައިވާ މިނާސް ގެރައިސް ސްޓޭޓުގެ ރަށްފުށު ހިސާބަކަށް މި ބޯޓު ވެއްޓުނު ހާދިސާގައި، ބޯޓުން ދަތުރުކުރި، މެންޑޮންކާގެ ބޮޑު ބޭބެއާއި، އޭނާގެ ޕްރޮޑިއުސަރާއި އަދި ބޯޓުގެ ދެ ކުރޫންވެސް ވަނީ މަރުވެފައެވެ.

މި ބޯޓު ވެއްޓެން މެދުވެރިވީ ސަބަބެއް ހޯދުމަށް، ބްރެޒިލްގެ ރަސްމީ އިދާރާތަކުން މިހާރުވަނީ ޚާއްސަ ތަހުގީގެއް ލޯނޗު ކޮށްފައެވެ.

2019ވަނަ އަހަރުގެ ލެޓިން ގްރެމީ އެވާރޑް ހާސިލް ކޮށްފައިވާ މެންޑޮންކާ މަޝްހޫރެ ވެގެން ގޮސްފައިވަނީ، ލޯބީގެ ގުޅުންތައް ބަރުބާދުވެގެން ދިއުމުން އަންޖެހުންނަށް ކުރިމަތިވާ މައްސަލަތަކަށް ޚާއްސަކޮށްގެން ލަވަކިޔާ ލަވަ ކިޔުންތެރިއެއްގެ ގޮތުގައެވެ.

ބްރެޒިލްގެ މިއުޒުކްގެ އެންމެ މަޝްހޫރު ނަމެއްގެ ގޮތުގައި މިހާރު ފިޔަޖަމުންދާ މެންޑޮންކާ އޭނާގެ މިއުޒިކީ ކެރިއަރު ފަށާފައިވަނީ އޭނާ ވަރަށް ކުޑައިރުއެވެ. އަދި އޭނާ ބްލެޒިލްގެ މިއުޒިކްގެ ގައުމީ ތަރިއަކަށް ވެގެން ދިޔައީ 2016ވަނަ އަހަރުއެވެ. އަދި އޭނާއަށް އެގައުމުގައި މުޚާތަބް ކޮށްއުޅޭނީ، "ކެކުޅުންތަކުގެ ރާނީ"ގެ ނަމުންނެވެ.

އޭނާގެ ކޮންސެޓް ކޯވިޑް ކާރިސާއާއި ގުޅިގެން ފާއިތުވެދިޔަ އަހަރު ކެންސަލް ކުރަންޖެހުމާއި ގުޅިގެން، އޭނާވަނީ އޮންލައިކޮށް ކޮންސެޓް ސީރީސްތަކެއް ބާއްވާފައެވެ. މީގެ އެއް ސީރީސްއަކުންވަނީ، ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ލައިވް ސްޓްރީމްކޮށް ބެލި ސީރީސްގެ ރެކޯޑު ގާއިމް ކޮށްފައެވެ. މިގޮތުން ޔޫ ޓިއުބުން މި ސީރީސް 3.3 މިލިއަން މީހުން ވަގުތުން ބަލާފައި ވެއެވެ.

މެންޑޮންކާއަކީ 2020ވަނަ އަހަރު ބްލެޒިލްގައި އެންމެ ގިނަ މީހުން އޭނާގެ އަޑުއެހި އާރޓިސްޓެވެ.

އުމުރުން 2 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހުންނަ މެންޑޮންކާ ދިޔައީ، ބްރެޒިލްގެ ކަރަންޓިންގ ސިޓީގައި ހުކުރު ދުވަހު ހަވީރު އޮތް ކޮންސެޓަކަށް ތައްޔާރުވަމުންނެވެ. މި ސިޓީއަކީ، މަތިންދާ ބޯޓު ވެއްޓުނު ސަރަހައްދާއި 12 ކިލޯ މީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ.

ބޯޓު ވެއްޓުމުގެ މަދު ގަޑިއިރުތަކެއް ކުރިން އޭނާވަނީ، އޭނާ ޕަރައިވެޓް މަތިންދާ ބޯޓަށް އެރުމަށް ތައްޔާރުވަމުންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.

މި ބޯޓު ވެއްޓުމުގެ ޚަބަރު އާންމު ވެގެން ދިއުމަށްފަހު، ލަވަ ކިޔުންތެރިއާ މެންޑޮންކާގެ މުވައްޒަފުން އެންމެ ފުރަތަމަ ބުނެފައިވަނީ، އޭނާ ސާލާމަތުން ހެޔޮ ހާލުގައި ހުރިކަމަށެވެ. އެހެންނަމަވެސް، ބްރެޒިލްގެ ޓީވީތަކުން ފަހުން ވަނީ، މި ބޯޓު ފަރުބަދަތައް ގިނަ ސަރަހައްދެއްގެ ވޯޓަރ ފޯލްއެއްގެ ކަރިއަށް ވެއްޓި ވަރަށް ބޮޑަށް ހަލާކުވެފައިވާ މަންޒަރުތައް ދައްކާފައެވެ.

މެންޑޮންކާގެ މަރުގެ ޚަބަރު ޔަގީންވެގެން ދިއުމާއެކު، ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާރ ބުނެފައިވަނީ، "މި ޚަބަރު ގަބޫލުކުރަން އަހަރެން ބޭނުމެއް ނޫން" ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލަބޯތޯ
ޝައިތޯނީ އަޑެއް ނިމިގެން ދިޔައީ. ތިކަމާ ދެރަވާނީ ޝައިތޯނާ. މީހުން މަގު ފުރައްދާނެ ވަސީލަތެއް ނެޔިދިޔައިމަ. ވައްސަލާމް