ޝުޖާ، ހަސަންއަށް: އެމްޑީޕީގައި މިސްރާބެއްނެތް، ދައްކަނީ ސައިޒާ ނުގުޅޭ ބޮޑެތި ވާހަކަ

ޝުޖާ، ހަސަންއަށް: އެމްޑީޕީގައި މިސްރާބެއްނެތް، ދައްކަނީ ސައިޒާ ނުގުޅޭ ބޮޑެތި ވާހަކަ

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2021 04:01
0

ވެރިކަން ކުރާ އެމްޑީޕީއަކީ މިހާރު އެއްވެސް މިސްރާބެއްނެތި ކުރިއަށްދާ ސިޔާސީ ޕާޓީއެއްކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ގްރޭޓާރ މާލެ ސަރަހައްދަށް ސިޓީ ކައުންސިލެއް ބޭނުން ނުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ދެއްކެވި ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، ވިދާޅުވެފައިވަނީ އެއީ އެމްޑީޕީގެ ވިސްނުމެއް ނޫންކަމަށެވެ. ހަސަންގެ ވާހަތަކަށް މެމްބަރު ރޮޒޭނާ ވަނީ ރައްދު ދެއްވައި އެމީހެއްގެ ޚިޔާލު އެމީހަކަށް ފާޅު ކުރެވޭނެކަމަށް ވިދާޅުވެފައެވެ.

މިވާހަތަކާއި ގުޅިގެން ޝުޖާ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ސައިޒުން ބޮޑު ވާހަކަ ދައްކާ މީހުން އުޅޭ ޕާޓީއެއްކަމަށެވެ. ގޯސްކޮށް ޤަނޫނުގައި އޮތްނަމަ އެކަން ރަނގަޅު ކުރަން ރައްޔިތުން ފުރުސަތު ދިނީ އެމްޑީޕީއަށް ކަމަށާއި، އެކަން ނުކުރެވި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މޮޅު ވާހަކަ ދެއްކުމުން ވާނެކަމެއް ނެތްކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫންކަމަށާއި، އެނިޒަމަކީ ޕީޕީއެމްގެ ފިކުރުގެ ޕީޕީއެމްގެ ވިސްނުމެއްކަމަށް ޝުޖާ ވިދަޅުވިއެވެ.

މިމީހުން އުޅޭގޮތުންވެސް މިހާރު ހިނި އާދޭ. ބަލަ ޤާނޫނުގައި މައްސަލަ ހުރިނަމަ އެކަން ހައްލު ކުރަންވީ ނޫންތޯ؟ ރައްޔިތުން އެބާރު ވަނީ އެމް.ޑީ.ޕީ އަށް ދެއްވާފަ. އިސްލާހު ނުކޮށް ހުތުރު ވާހަކަ ނުދައްކަވާ. ލާމަރުކަޒީ ނިޒާމުވެސް ހިންގަން އެގޭނީ ޕީޕީއެމްއަށް. އެމް.ޑީ.ޕީ އަށް އެގޭނީ ތިމާމެންގެ ސައިޒާ ނުގުޅޭ ބޮޑެތި ވާހަކަ ދައްކަން. ރައްޔިތުން އެމް.ޑީ.ޕީ މަތިން ފޫހިވެއްޖެ. ތިޔަ އޮޑީގައި މިސްރާބެއް ނެތް. ސޮރީ ޓު ސޭ ދިސް.

– ޝުޖާ ވިދާޅުވިއެވެ. 

އިކްރާމް އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލެ ސިޓީ އޭރިއާ ނުވަތަ ގްރޭޓާ މާލެ އޭރިއާއަކީ އެއްވެސް ހާލެއްގައި ސިޓީ ކައުންސިލެއް އޮންނަންޖެހޭ ތަނެއް ނޫންކަމަށެވެ. މިއީ މައި ސަރުކާރު ހިންގާ ސިޓީއަށް ވެފައި މިސިޓީގައި އިތުރު ކައުންސިލެއް އޮންނަން ޖެހޭކަމަށް ނުދެކޭކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ. އިކްރާމްގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިކްރާމްގެ ވާހަތަކާއިމެދު ލަދުވެތިވާކަމަށެވެ. އަދި އެމްޑީޕީއަކީ އިކްރާމް ވިދާޅުވިފަދަ ގޮތަކަށް ކަންކަން ކުރާ އަދި އެވިސްނުމަށްވެސް ތާއީކުރާގެ ޕާޓީއެއް ނޫންކަމަށް ހަސަން ވިދާޅުވިއެވެ.

މިވާހަތަކާއި ގުޅިގެން މެމްބަރު ރޮޒޭނާ ވިދާޅުވީ ބުލީ ކުރުން އެއްގޮތަކަށްވެސް ޓޮލަރޭޓް ކުރައްވާނެ ކަމެއް ނެތްކަމަށެވެ. އެމީހަކު ދެކޭގޮތް ހާމަ ކުރުމުގައި ފަހަތަށް ޖެހި ބިރުން ހުންނާނެ ކަމެއް ނެތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މާލެ ސިޓީ ކައުންސިލް އިދިކޮޅު ޕީޕީއެމްއިން މެޖޯރިޓީއާއިއެކު ހިންގާއިރު، މާލޭގައި ސިޓީ ކައުންސިލުން ގެންދަނީ ތަރައްޤީގެ ކަންކަން ކުރަމުންނެވެ. އެގޮތުން ސިޓީ ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ ކަންކަން ބާރު ސްޕީޑުގައި ކުރަމުންދާތީ ސިޓީ  ކައުންސިލަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.