ހދ. ކުޅުދުއްފުށީ ބަނދަރުގައި އަޅާފައި އޮތް ޑިންގީއެއްގައި އަލިފާން ނިއްވާލަފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ހދ.ކުޅުދުއްފުށި ސިޓީގެ އުތުރުފަރާތު ބަނދަރުގައި އަޅާފައި އޮތް 22 ފޫޓްގެ ޑިންގީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރި ވެފައިވާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:31 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ހދ.ކުޅުދުއްފުށި ސިޓީގެ އުތުރުފަރާތު ބަނދަރުގައި އަޅާފައި އޮތް 22 ފޫޓްގެ ޑިންގީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެ. ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:31 ހާއިރު. pic.twitter.com/N8PIfrXIeP
— Maldives National Defence Force (@MNDF_Official) November 3, 2021
މި ހާދިސާގެ މައުލޫމާތު ލިބުމާއި އެކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އެސަރަހައްދަށް ގޮސް އާމުންގެ އެހީއާއިއެކު އަލިފާން ނިއްވާލާފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ