ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އެކުގައި ކުރައްވާ މަސައްކަތްތަކުން މުސްތަޤުބަލު ފެނިގެންދަނީ ވަރަށް އުޖާލާގޮތަކަށް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އަލަށް އިންތިޚާބުކުރި ޤައުމީ މަޖިލިސް މެމްބަރުންނާއިއެކު މިރޭ ބޭއްވި އެޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ރައީސް ނަޝީދާއި، ރައީސް ޞާލިހު މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ ޖަލްސާގައި ބައިވެރިވެ ވަޑައި ނުގެންނެވުނީކަމަށެވެ. ނަމަވެސް ދެރައީސުން އެކުގައި މިވަގުތުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، ދެ ރައީސުންގެ މަސައްކަތްތަކުން މނުސްތަގުބަލު ފެނިގެންދަނީ ވަރަށް އުޖާލާކޮށް ކަމުގައެވެ.
އަދި ދެރައީސުންނާއިއެކީ އެމްޑީޕީން ކުރިއަށް އޮތް ތަނުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވޭނެކަމީ ޔަގީންވާ ކަމެއްކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން މިފަދަ ގޮތަކަށް ވިދާޅުވިއިރު ރައީސް ނަޝީދަށް ދެވުނު ހަމަލާއަށްފަހު ރައީސް ނަޝީދު ފަރުވާއަށް ބޭރުގައި ހުންނެވި ދުވަސްވަރު ރައީސް ޞާލިހަށް އަމާޒުކޮށް ގިނަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ. އަދި ރައީސް ޞާލިހާއިއެކު ސިޔާސީ މަސައްކަތް ނުކުރާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް ނަޝީދާއި ރައީސް ޞާލިހު ފެނިގެންދަނީ ވަރަށް އެކުގައި މަސައްކަތްތަކުގައި އުުޅުއްވާ ތަނެވެ.
ދެން ރައީސް ޞާލިހުއާއިކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް: ނަޝީދު
ކޮޕް26 އަށް ފުރުމުގެ ކުރިން ރައީސް ނަޝީދު ވަނީ ރައީސް ޞާލިހާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމަށްފަހު ކަންކަން ދާނީ ވަރަށް ރަނގަޅަށް ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.
މިވަގުތު ރައީސް ނަޝީދާއި ރައީސް ޞާލިހު ތިއްބެވީ ކޮޕް26 ގައި ބައިވެރިވއ ވަޑައިގަތުމަށް، ސްކޮޓްލަންޑްގެ ގްލަސްގޯގައެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމް އަކީ 2009 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް ކޮޕް15 ގެ ކުރިން ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން އުފެއްދި ފޯރަމެެކެވެ. މިއަދު ބޭއްވި މަތީ ފަންތީގެ މި ބައްދަލުވުމަކީ ކޮޕް26 ގައި ކޮމަންވެލްތް ޕެވިލިއަންގައި ކުރިއަށްދާ ކޮމަންވެލްތް ފޯ ކްލައިމެޓް ސިލްސިލާގެ ޙަރަކާތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.
2 Responses
ތިޔައީ ޤައުމަށް ކުރިމަތިވެފައޮތް ދެ ވަބާ.
މިރާއްޖައަށްް ލިބޭހާއެއްޗެއްވެސްް ތިދެމީހުންނަށްމަދުު ދެންކިހިނެެއްތޯޯ ރާއްޖެެ ތަރައްގީވާނީި ތީއަޅެފަހެެ މީގެކުރިންް ފައިސާފޮއްޗެއްވެސްް ނުފެންނަަ ދެމީހުންތަަ އެކަމަކުވާާ ތީފުކެއްބޮޑުވަރުު