ނައިޖީރިއާގެ ލާގޯސްގައި 21 ބުރީ އިމާރާތެއް ވެއްޓި

ނައިޖީރިއާގެ ލާގޯސްގައި 21 ބުރީ އިމާރާތެއް ވެއްޓި

Author
ހުސެއިން
01 ނޮވެމްބަރ 2021 10:27
0

ނައިޖީރިއާގެ ލާގޯސްގައި 21 ބުރީގެ އިމާރާތެއް ވެއްޓި އެތައް ބަޔަކު އިމާރާތުގެ ދަށު ވެއްޖެއެވެ.

ލާގޯސް ސިޓީގެ ރަށްބޭރުގެ އަވަށެއްގައި ހުރި އިމާރަތަކީ މަތީފަންތީގެ އެޕާރޓްމަންޓް އަޅަމުންދިޔަ ކޮންސްޓަރަކްޝަން ސައިޓެއްގައި ހުރި އިމާރާތެވެ. އަދި އިމާރާތް ވެއްޓުނު އިރު އިމާރާތުގައި ތިބީ ކިހާ އަދަދައެއްގެ ބައެއްކަންވެސް ސާފު ވެފައެއް ނުވެއެވެ.

"އަހަރެން ހީކުރީ ކުއްލިއަކަށް ބިންހެލުމެއް އަންނަން ފެށީކަމަށް. އަދި 3 ޖެހިތަނާ ކަހަލަ ގޮތަކަށް، އިމާރާތް ތެޅެން ފެށީމާ އަހަރެން ދުވެފަ އެޕާޓްމަންޓުގެ ބޭރަށް ނުކުތީ. އިމާރާތް ތެޅެމުންދާ ކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނު، އަދި އަހަރެންނަށް އެގުނު ކޮންމެވެސް ގޯހެއް އުޅޭކަން،"ވެއްޓުނު އިމާރާތުގެ ގައިރީގެ ގެއެއްގައި އުޅޭ އަދި ނައިޖީރިއަން ބާރ އެސޯޝިއޭޝަން ރައީސް އޮލޫ އަޕަޓާ ސީއެންއެން އަށް މައުލުމާތު ދެމުން ވިދާޅުވެފައެވެ.

އަޕަޓާ ވިދާޅުވި ގޮތުގައި މި ބިލްޑިންގ އަކީ، ފައިތުވެދިޔަ 2 އަހަރުވެސް އިމާރާތް ކުރެވެމުން ދިޔަ ބިލްޑިން އެކެވެ. އަދި މި އިމާާރާތުގެ ޑިވެލޮޕަރ ވަނީ ހޯމަ ދުވަހު މި އިމާރާތް ހުރި ބިމުގައި، މިއިމާރާތާ ގުޅޭގޮތުން ގަންނަ ފަރާތްތަކަށް މައުލުމާތުވެސް ދީފައެވެ.

މިއިމާރާތް ބިމާ ހަމަވިތާ ގަޑިއިރުތަކެއް ފަހުން، އެތައް ސަތޭކަ ބަޔަކުވަނީ އިމާރާތް ވެއްޓިފައިވާ ތަނުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި ބައެއް މީހުންނަަވަނީ އަތުންވެސް މަސައްކަތް ކޮށް ވެއްޓިފައި އިމާރާތުގެ ދަށުގައި މީހުންތިބިތޯ ބަލަމުންނެވެ.

އަދި އާންމު ރައްޔިޔުން ވެއްޓިފައިވާ އިމާރާތުގެ އެތައް މިތަނުގައ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެތައް އިރެއްވަންދެން ކޮށްފައިވާއިރުވެސް އޮފިޝަލް އެމަޖެންސީ ރެސްޕޮންސަށް އިމާރާތް ވެއްޓިފައިވާ ހިސާބަށް ފޯރާފައެއް ނުވެއެވެ.

އެހެންނަމަވެސް، ނައިޖީއަން ރެޑް ކޮރިސްއިން މިހާރު މިސަރަހައްދަށް ގޮސްފައިވާކަމަށް ނައިޖީރިއާގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ނައިޖީރިއާގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ލާގޮސް އަކީ އިމާރާތްތައް ގިނައި ވެއްޓޭ ސިޓީއެކެވެ. އަދި މިއީ 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިޓީއެއްވެސް މެއެވެ.

ބައެއް ތަޖުރިބާ ކާރުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ސިޓީގައި މިހާރުވެސް ވެއްޓިދާނެ ކަމުގެ ބިރުއޮތް 1000 އިމާރާތް އެބަހުއްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.