އެމްޑީޕީގެ ރަސްމީ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް އިދާރާ ބޭނުން ކުރަމުންދާ މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވަމުންދާ މަސައްކަތްތަކުގެ ގިނަ ބައްދަލުވުނތައް ބާއްވަމުންދަނީ މަޖިލީހުގެ އިދާރާގައެވެ. މިމަސައްކަތުގައި އެމްޑީޕީގެ އިސްބޭފުޅުންނާއިއެކު ނަޝީދު ވަނީ އިއްޔެއާއި މިއަދުވެސް މަޖިލިސް އިދާރާގައި ބައްދަލުވުންތައް ބާއްވާފައެވެ.
މިބައްދަލުވުންތަކުގައި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރންގެ ގޮތުގައި ހިމެނޭ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި، ޕީޖީ ލީޑަރު އަލީ އާޒިމް އާއި، ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒުއާއި، މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އިއްޔެ ރައީސް ނަޝީދު ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް މެމްބަރުންނާއިވެސް ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި މަޝްވަރާ ކުރައްވަން ބޭނުންވީ ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. ނަމަވެސް އެކޯލިޝަނުން ބުނެފައިވަނީ މިފަދަ އެއްވެސް މަޝްވަރާއެއް ކުރާނީ ރައީސް ޔާމީނާއި އެއް މޭޒެއްގައި ކަމަށެވެ.
އިއްޔެގެ ބައްދަލުވުމަށްފަހު ރައީސް ނަޝީދު މިއަދު ވަނީ ދާދިފަހުން އުފެއްދި އެމްއެންޕީގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުންވެސް ބޭއްވީ މަޖިލީހުގެ އިދާރާގައެވެ. މިބައްދަލުވުމުގައި އެމްއެންޕީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

އެމްޑީޕީގެ މަސައްކަތްތައް ރައީސް ނަޝީދު މަޖިލިސް އިންދާރާ ބޭނުން ކުރަމުންދާ މައްސަލާގައި ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ދައުލަތުން ޚަރަދުކޮށްގެން ކޮންމެ ސިޔާސީ ޕާޓީއަކަށް ޚަރަދުކޮށްގެން އޮފީހެއް ދީފައިވާއިރު، ޕާޓީގެ މަސައްކަތް ކުރުމަށް ދައުލަތުގެ އިދާރާތައް ބޭނުން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިމައްސަލާގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ކަނޑައެޅިގެން ކޮރަޕްޝަންގެ އަމަލެއްކަމަށެވެ. މިފަދަ މައްސަލަތައް އޭސީސީން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅުމަކީ ކުރަންޖެހޭ ކަމެއްކަމަށް އަލްހާން ވިދާޅުވިއެވެ.
ބައްދަލުވުން މަޖްލިސް އިދާރާގައި ބާއްވާ މަޖްލިހުގެ ވަސީލަތް ބޭނުންކޮށްގެން ހިންގުމަކި ސީދާ ކޮރަޕްޝަންގެ ޢަމަލެއް.
– އަލްހާން ވިދާޅުވިއެވެ.
ކިހާ ދެރަ ލަދުވެތި ކަމެއްތޯ! @MDPSecretariat ގެ ބައްދަލުވުން މަޖްލިސް އިދާރާގައި ބާއްވާ މަޖްލިހުގެ ވަސީލަތް ބޭނުންކޮށްގެން ހިންގުމަކި ސީދާ ކޮރަޕްޝަންގެ ޢަމަލެއް ! @MohamedNasheed @ibusolih pic.twitter.com/PEKtLeFBMp
— ???????????????????? ???????????????????? – ???????? (@AlhanFahmy) October 26, 2021
މިކަމާއި ގުޅޭ ގޮތުން ޤާނޫނީ ވަކީލް މުހައްމަދު ހަލީމް ވިދާޅުވީ މިފަދަ ކަންކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގޭނެ އަމަލުތަކެއް ކަމަށާއި، މިކަންކަން ނުބަލައި ލޯމަރާލައިގެން އޭސީސީން އޮތުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއްކަަށެވެ. ދައުލަތުގެ މުއައްސަސާތަކުގެ ގަދަރާއި ހައިބަތު ހިފެހެއްޓުމަކީ ޤާނޫނީ ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން ކުރަންޖެހޭ ކަމެއްކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.
މިފަދަ ނާތަހުޒީބު ކޮންމެއަމަލަކުން ފޮނުއަރުވަމުން އުފައްދަނީ ކޮރަޕުސަނުގެ ބިޔަރާޅެވެ؛ މުޑުވަށް ކުރުވަނީ ކޮރަޕުސަނުގެ އޮށެވެ. މި ކަންކަން އޭސީސީގެ އަމިއްލަ އިސްނެގުމަށް ތަހުގީގުކޮށް ފިޔަވަޅުނާޅާނަމަ، އެ މުއައްސަސާގެ ބޭނުމެއް ގަދަރެއް ހައިބަތެއް ފަހެ އެބައޮތްހެއްޔެވެ.
– ހަސަން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
މިފަދަ ނާތަހުޒީބު ކޮންމެއަމަލަކުން ފޮނުއަރުވަމުން އުފައްދަނީ ކޮރަޕުސަނުގެ ބިޔަރާޅެވެ؛ މުޑުވަށް ކުރުވަނީ ކޮރަޕުސަނުގެ އޮށެވެ. މި ކަންކަން @ACC_Maldives ގެ އަމިއްލަ އިސްނެގުމަށް ތަހުގީގުކޮށް ފިޔަވަޅުނާޅާނަމަ، އެ މުއައްސަސާގެ ބޭނުމެއް ގަދަރެއް ހައިބަތެއް ފަހެ އެބައޮތްހެއްޔެވެ????????❤️ https://t.co/wt31RJs4Uj
— Mohamed Haleem (@haleembai) October 26, 2021
ރައީސް ނަޝީދުގެ ހުރިހާ މަސައްކަތެއް މިހާރު ހުއްޓިފައިވަނީ ބަރުލަމާނީ ނިޒާމުގެ މަސައްކަތަށެވެ. ރައީސް ޞާލިހު ދުބާއީ އެކްސްޕޯއަށް ފުރަން އޮތް ދުވަހު ރައީސް ޞާލިހާއިވެސް ރައީސް ނަޝީދު ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އިއްޔެ ވަކިން ދަތުރު ހަދައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ބައްދަލު ކުރުމަށް މާމިގިއްޔަށް ވަޑައިގެން ވަނީ ޤާސިމްއާއިވެސް ބައްދަލު ކޮށްފައެވެ.
ރައީސް ނަޝީދު ބަރުލަމާނީ ނިޒާމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަރުލަމާނީ ނިޒާމުގެ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ