މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ނިންމައި އެ ޕާޓީއާ ރަޖިސްޓްރީ މިއަދު ހަވާލު ކޮށްފައިވާކަމަށެވެ.
އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ހުށަހަޅާފައިވަނީ މިދިޔަ މަހު 15 ގައި 5،000 މެންބަރުންނަށް ވުރެ ގިނަ ފޯމާ އެކުގައެވެ. އެމްއެންޕީގެ ރައީސް އަކީ އެ ޕާޓީގެ އެއް މުއައްސިސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

އެމްއެންޕީގެ ރައީސަކީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. އެމްއެންޕީގައި ހަ ނާއިބު ރައީސުން ތިއްބަވައެވެ. އިންތިހާބަކަށް ނުގޮސް ހަތަރު ނާއިބު ރައީސުން ވަނީ މަގާމުތަކަށް ހޮވިފައެވެ. އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލް އާއި މެދު ރީޖަންގެ ނާއިބު ރައީސަކަށް އަހްމަދު އުޝާމް އާއި މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް އަބްދުﷲ ރިޔާޒު އާއި ދެކުނު ރީޖަން އަށް އަހްމަދު ޝަރީފެވެ.
އެމްއެންޕީގެ މަތި އުތުރު ރީޖަންގެ ނާއިބު ރައީސަކީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ. އަންހެން ބޭފުޅުންގެ ތެރެއިން ނައިބު ރައީސުންގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ މިރުފަތު އިސްމާއީލް ޝަފީގު އެވެ. އަންހެނުންގެ ވިންގުގެ ލީޑަރަކީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ. އަދި އެ ޕާޓީގެ ޒުވާނުންގެ ވިންގުގެ ލީޑަރަކީ އުމައިރު އަހްމަދެވެ.
އެމްއެންޕީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން އެޕާޓީއަށް ހަމަކުރުމެވެ. އަދި 2023 ކާމިޔާބުކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެޕާޓީން ބުނެއެވެ.
ކޮމެންޓު ފޮނުވާ