ރައީސް ޞާލިހާއި މިއަދު ބައްދަލު ވެފައިވާކަމަށާއި، ބައްދަލުވުމަށްފަހު ކަންކަން ދާނީ ވަރަށް ރަނގަޅަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ކަންކަމާ ބެހެގޮތުންނާނި އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން ވެސް ރައީސުލްޖުމްހުރިއްޔާއާއި މަޝްވަރާ ކުރައްވާ ޚިޔާލްބަދަލު ކުރައްވާފައެވެ. މިބައްދަލުވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހާއި ބައްދަލުވުމުން ވަރަށް އުފާ ކުރައްވާ ކަމަށާއި، ކަންކަންދާނީ ރަނގަޅަށް ކަމުގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއައި ބައްދަލުވި. ޝުކުރިއްޔާ ރައީސް. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ސާލިހުއާއި ނަޝީދު ބައްދަލު ކުރައްވާފައިވާއިރު، އެންމެ ފަހުން ނަޝީދު ދެއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވާނީ، ރައީސް ސާލިހުއާއި ބައްދަލު ކުރައްވާ، މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމުގައެވެ.
އެހެންނަމެވެސް، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާ ގުޅޭގޮތުން މީގެ ކުރިން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ވިސްނުމަށްވުރެ ބޮޑަށް އިސްކަން ދެއްވާނީ ތަރައްގީގެ މަޝްރޫއުތައް 2023ގެ ކުރިން ނިންމެވުމަށް ކަމުގައެވެ. އަދި އެއަށްފަހު ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެފައިވަނި، ނިޒާމް ބަދަލު ކުރުމަކީ މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން މެނިފެސްޓޯގައި އޮތް ވައުދެއް ނޫންކަމަށާއި، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމުގައެވެ.
އެހެންނަމަވެސް، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ތާއީދު ހޯދުމުގެ ގޮތުން، ނަޝީދު ގެންދަވަނީ ޕެޓިޝަނެއް ތައްޔާރު ކުރައްމުން ކަމުގައި ފާހަގަ ކޮށްލެވެއެވެ.
One Response
މިއޮތީވާާ ބާރުލަނބާނީއެއްް ކަލޭމެންް ދެމީހުންް ދެމީހުންނަށްް ބަރުލަމާނީީ ކުޅެކުޅެެ ތިބެބަލަަ މިޤައުމަކަށްް ބޭނުމެއްނުވާނެެ ތިކަހަލަަ ޚުދުމުތާރުު ރަސްކަމެެއްް އާންް އޭރުންތަަ ރައްޔިތުންް މަޖިލީހުގެެ ހުރިހާމެމްބަރުންނަށްް މެމްބަރުކަމުގެެ އިތުރުންް ކޮންމެމްބަރަކަށްް މިނިސްޓަރުކަމާއިި ސަރުކާރުކުންފުނިތަކުގެެ އިސްމަޤާމްް ތަކުގަތިބެވޭނީީ އޭރުންް ސަރުކާރުގެެ މުއައްސަސާތައްް ހިންގާނީީ ރައްޔިތުންމަޖިލީހުގެެ މެމްބަރުންެ ސަރުކާރުގެެ މުއައްސަސާތަކުގެެ މައްސަލަތައްބަލާާ ތަހުގީގުކުރާނީވެސްް އެމީހުންް އަމިއްލަޔަށްް އޭރުންރައްޔިތުންނަށްް ހުސްކޮޅުކެހިި އެމީހުންކުރާކަމަކައްް އެއްމީހަކައްް އެއްޗެކޭބުނުމުގެެ ގުރުސަތުވެސްް ނޯންނާނެެ