އަލިފާން ނިއްވުމަށް ސިފައިންނާއި، ފުލުހުންގެ މަސައްކަތަށް ރޮޒޭނާގެ ތަޢުރީފް

އަލިފާން ނިއްވުމަށް ސިފައިންނާއި، ފުލުހުންގެ މަސައްކަތަށް ރޮޒޭނާގެ ތަޢުރީފް

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2021 07:51
0

ޑޮނާޑް ގާރމެންޓް ހުންނަ އިމާރާތުގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ތައުރީފް ކުރައްވައިފިއެވެ.

މިހާދިސާގައި އަލިފާން ރޯވީ ޑޮނާޑުގެ ހެދުމާއި، ޓީޝާޓުތަކެއް ހުރި ތަނެއްގައި ކަމަށްވުމުން ބޮޑު އަލުފާން ގަނޑަކާއިއެކު ގިނަ އަދަދަކަށް ދުން އަރައިފައިވެއެވެ. ހާދިސާގައި އެންމެ ފުރަތަމަ އެޓެންޑު ކުރި ފުލުހުން ވަނީ އަލިފާން ނިއްވުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ފަޔާ ޓީމު އެސަރަހައްދަށް ގޮސް ވަރަށް އަވަހަށް ވަނީ އަލިފާން ނިއްވާލާފައިވާފައެވެ.

ރޮޒޭނާ ވިދާޅުވީ މިއަދި ހިނގި މިހާދިސާގައި ސިފައިން ފުލުުންގެ ފަރާތުން ފެނިގެންދިޔަ މަަސއްކަތަކީ ތައުރީފް ހައްގު މަސައްކަތެއް ކަމަށެވެ. ރިޕޯތް ކުރިތާ މަދު ވަގުކޮޅު ތެރޭގައި ސަލާމަތީ ބާރުތަކުން ކުރައްވާފައިވާ މަސައްކަތަކީ މިއަދުގެ ހާދިސާ އެހާ ބޮޑަށް ގޯސްނުވި އެންމެ ބޮޑު ސަބަބުކަމަށެވެ. އެބޭފުޅުންގެ އަވަސް ރެސްޕޯސަކީ މިއަދުގެ ހާދިސާ ބޮޑު ހާދިސާއަކަށް ނުވި އެންމެ ބޮޑު ސަބަބުކަމާށްބުނެ ރޮޒޭނާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިއަދު އަޅުގަނޑުމެން ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފް އަދި ޕޮލިސް އަދި ފަޔާގެ ބޭފުޅުން ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް އިޚުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން. އެބޭފުޅުންގެ ރެސްޕޯންސްގެ ސަބަބުން ނޫންނަމަ މިއަދު ކަންތައް ވެގެން ދާނެ ގޮތް ވިސްނާލަންވެސް ނޭގޭ.

– ރޮޒޭނާ ވިދާޅުވިއެވެ.

މިއަދު އަލުފާނުގެ ހާދިސާ ހިނގީ މެމްބަރު ރޮޒޭނާގެ ގޭގައެވެ. މިހާދިސާގެ ރިޕޯޓް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުނީ ހަވީރު 16:49 ހާއިރުއެވެ. މިއިމާރާތުގެ 3 ފަންގިފިލާގައި ރޯވި އަލިފާން 17:09 ހާއިރު ނިއްވާލެވިފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މިހާދިސާ ހިނގީ ކަރަންޓު ޝޯޓެއް ވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.