100 ކިލޯގެ ޑްރަގާއިއެކު 10 މީހަކު ހައްޔަރުކޮށްފި

100 ކިލޯގެ ޑްރަގާއިއެކު 10 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2021 12:31
0

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ ޑްރަގްސް ހޯދައި 10 މީހަކު ހައްޔަރުކޮށްފިއެވެ.

ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ފުލުހުންގެ ޑްރަގް އިންޓެލިޖެންސާއި، މެރިން ޕޮލިހާއި، ޑީއީޑީގެ އޮފިސަރުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 100 ކިލޯ މަސްތުވާ ތަކެއްޗާއިއެކު 10 މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ އެކި ސަރަހައްދު ތަކުންކަމަށް ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނާއި ގުޅޭ މާބޮޑު ތަފްސީލެއް ސީޕީ ހާމަކުރައްވާފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.