އިސްރާއީލުގެ ޖަލުންފިލި 6 މުޖާހިދުން،ޖަލުން ފިލުމަށް ސަމްސާ ބޭނުން ކޮށްފައިވާކަން އެގުމާއެކު، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ މިނިވަންކަމަށް ކުރަމުންދާ ޖިހާދުގެ ރަމްޒީ ނިޝާނެއްގެ ގޮތުން ސަމްސާ ބޭނުން ކުރަން ވަނީ ފަށާފަ

އިސްރާއީލުގެ ޖަލުތަކުގައި ތިބި އިސްލާމިކް ޖިހާދުގެ މުޖާހިދުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފި

އިސްރާއީލުގެ ޖަލުތަކުގައި ތިބި އިސްލާމިކް ޖިހާދުގެ މުޖާހިދުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައިތިބި އިސްލާމިކް ޖިހާދަށް ނިސްބަތްވާ މުޖާހިދުން ބަޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާކަން އެ ޖަމާއަތުން އިއުލާން ކޮށްފިއެވެ.

އިސްލާމިކް ޖިހާދުން އިއުލާން ކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައިތިބި އެޖަމާއަތުގެ މުޖާހިދުން ބަޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަން ފަށާފައި މިވަނީ، ދާދިފަހުން އެޖަމާއަތަށް ނިސްބަތްވާ މުޖާހިދުންތަކެއް އިސްރާއީލުގެ ސެކިއުރިޓީ ވަރުގަދަ ގިލްބޯއާ ޖަލުން ފިލިފަހުން، އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރު ކޮށްގައިތިބި އިސްލާމިކް ޖިހާދުގެ މުޖާހިދުންނަށް ދެމުންދާ އަދަބުތަކާއި އަދި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމުގައެވެ.

އިސްރާއީލުގެ ޖަލުތަކުގައި މިހާރު ފަލަސްތީނުގެ މުޖާހިދުން ހައްޔަރު ކޮށްފައި ތިބެނީ، އެމީހުން ނިސްބަތްވާ ޖަމާއަތްތަކަށް ބަލައިގެންނެވެ.

އިސްލާކިމް ޖިހާދުން ހާމަ ކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައިތިބި އެ ޖަމާއަތުގެ 400 މުޖާހިދުން މިހަފްތާގެ ބުދަ ދުވަހުން ފެށިގެން ކުރަންފަށާފައިވާ ބަޑުހައި ހޫނުކަމުގެ މި ހަޅުތާކުގައި، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެހެން ޖަމާއަތަކަށް ނިސްބަތްވާ މުޖާހިދުންގެ އެހީތެރިކަންވެސް ލިބެމުން ދާނެކަމުގައެވެ.

ފަލަސްތީނުގެ "ޕަލެސްޓީނިއަން ޕްރިސަނާރސް ކްލަބް"އިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ބަޑުހައި ހޫނުކަމުގެ ހަޅުތާލަކީ، ދާދިފަހުން ގައީދީންގެ ނޭޝަނަލް އެމަޖެންސީ ކޮމިޓީން އިއުލާން ކޮށްފައިވާ ރެސިސްޓޭންސް ޕްރޮގްރާމްގެ ދަށުން ކުރިޔަށްދާ ބަޑުހައި ހޫނުކަމުގެ ހަޅުތާލެއް ކަމުގައެވެ. މި ޕްރޮގްރާމް މައިގަޑު ގޮތެއްގައި ބިނާ ކޮށްފައިވަނީ، "ޕްރިޒަން އެޑްމިނިސްޓްރޭޝަން ގާނޫ"ތަކާއި ދެކޮޅު ހެދުމުގެ މައްޗަށެވެ.

"ޕަލެސްޓީނިއަން ޕްރިސަނާރސް ކްލަބް"އިން އާންމު ކޮށްފައިވާ ބަޔާނުގައި ވާގޮތުން، މިހަފްތާގެ އަންގާރަ ދުވަހު، އިސްރާއީލުގެ ޖަލުތަކުގައި ތިބި އިސްލާމިކް ޖިހާދަށް ނިސްބަތްވާ މުޖާހިދުންވަނީ އިސްރާއީލުގެ ޕްރިޒަން އެޑްމިނިސްޓްރޭޝަންއަށް ސިޓީއަކުން އެމީހުންގެ ޑިމާންޑްތައް އަންގާފައެވެ. އަދި މިސިޓީންވަނީ އެމީހުން ބަޑުހައި ހޫނުކަމުގެ ހަޅުތާލު ފެށުމަށް ނިންމާފައި ވާކަންވެސް އެފަރާތަށް އަންގާފައެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 4,600 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ހައްޔަރު ކޮށްފައި އެބަ ތިއްބެވެ. މީގެތެރޭގައި 35 އަންހެނުންނާއި 200 ކުޑަ ކުދިންވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.