މުލީއާގެއިން ބައެއް ތަކެތި ނީލަން ކިޔަނީ

މުލީއާގެއިން ބައެއް ތަކެތި ނީލަން ކިޔަނީ

Author
މުޙައްމަދު ޖިމީ
10 އޮކްޓޯބަރ 2021 12:47
0

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު. މުލީއާގޭގެ ބައެއް ތަކެތި ނީލަން ކިޔަން އިއުލާންކޮށްފިއެވެ.

މުލީއާގެއިން ނީލަންކިޔަން އިއުލާންކޮށްފައިވަނީ، ރަސްމީގޭގައި ހުރި ދުވަސްވެ ބާވެ، ހަލާކުވެފައިވާ ބައެއް ތަކެއްޗެވެ. ނީލަން ކިޔާތަކެތީގެ ތެރޭގައި އޭސީއާއި ދޮންނަ މެޝިނާއި، ވޯޓާ ކޫލުފަދަ ތަކެތި ހިމެނެއެވެ.

ނީލަންކިޔުމަށް ނިންމާފައިވަނީ މިމަހުގެ 20ވަނަ ދުވަހު، ރަންޖެހިކޮށި ( ގަލޮޅު އިރާއީ ބުކްޝޮޕް ކަންމަތި )ގައިކަމަށް އިއުލާންގައިވެއެވެ.

ނީލަމުގައި ބައިވެރިވާނަމަ  މީހުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންދިއުމަށްވެސް އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަމާން
އާޘާރީ އެއްވެސް އެއްޗެއް ނީލަން ނުކިޔުމަށް ދަންނަވަން.