ފައިސާ ދެއްކުމުން، ނައިޖީރިއާގައި ކިޑްނެޕްކުރި ދަރިވަރުން މިނިވަން ކުރަން ފަށައިފި

ފައިސާ ދެއްކުމުން، ނައިޖީރިއާގައި ކިޑްނެޕްކުރި ދަރިވަރުން މިނިވަން ކުރަން ފަށައިފި

Author
ހުސެއިން
09 އޮކްޓޯބަރ 2021 09:14
0

މީގެ 3 މަސްކުރިން، ނައިޖީރިއާގެ ސްކޫލަކުން ކިޑްނެޕްކުރި 5 ދަރިވަރަކު، ފައިސާ ދެކުމުން، ކިޑްނެޕް ކުރި ފަރާތްތަކުން ދޫ ކޮށްލައިފިކަމަށް، މިކުދިން ކިޔަވަކުންދިޔަ ސްކޫލްގެ އެޑްމިނިސްޓްރޭޓަރ ވިދާޅުވެއްޖެއެވެ.

ނައިޖީރިއާގެ ހުޅަގު އުތުރުގައި އޮންނަ އަވަށެއް ކަމުގައިވާ ކަޑުނާ ސްޓޭޓްފައި ހިންގާ މި ސްކޫލަށް ހަގުރާމަވެރިން ހަމަލާ ދީފައި ވަނީ ފާއިތުވެދިޔަ ޖުލައި މަހުއެވެ. އަދި މިހަމާލާއަށްފަހު، މު ސްކޫލުގައި ކިޔަވަމުންދިޔަ 150އަށްވުރެ ގިނަ ކުދިން ވަނީ ގެއްލިފައެވެ. މިއީ ފާއިތުވި ޑިސެމްބަރމަހަށްފަހު ނައިޖީރިއާގައި ސްކޫލް ކުދިން ކިޑްނެޕް ކުރުމަށް ހިނގާފައިވާ މިފަދަ 10ވަނަ ބޮޑު ހާދިސާއެވެ.

ނައިޖީރިއާގައި ސްކޫލް ކުދިން އެންމެ ފުރަތަމަ ކިޑްނެޕް ކުރަން ފަށާފައިވަނީ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމުގައިވާ ބޮކޯ ހަރާމުންނެވެ. އަދި އެއަށް އެޖަމާއަތާ ގުޅުން އޮންނަ ހުޅަގު އެފްރިކާގެ ޕްރޮވިންސަކަށް ނިސްބަތްވާ އައިސިސް ޖަމާއަތުގެ ގޮތްޕަކުންވެސް ވަނީ ނައިޖީރިއާގައި ކިޔަވާކުރިން ރަހީނުކުރަން ފަށާފައެވެ.

އަދި އެއަށްފަހު، ނައިޖީރިއާގައި ބޮޑެތި ކުށްތައް ހިންގާ ގޭންގުތަކުންވެސް ވަނީ، ކުދިން މިނިވަން ކުރުމުގެ ބަދަލުގައި ފައިސާ ހޯދުމަށް ކިޔަވާކުދިން ނައިޖީރިއާގައި ކިޑްނެޕް ކުރަން ފަށާފައެވެ.

ކިޔަވާކުދިން ރަހީނު ކޮށްފައިވާ ގޭންގުން، ފައިސާ ލިބުމާއެކު ކުދިން މިނިވަން ކުރަން ފަށާފައިވަނީ ގްރޫޕް ގުރޫޕަށެވެ.

މިކުދިން ކިޔަވަމުންދިޔަ ބެތެލް ބާތިސްޓް ހައި ސްކޫލްގެ އެޑްމިނިސްޓްރޭޓަރ ޖޯން ހަޔަބު ވިދާޅުވެފައިވާ ގޮތުގައި، އެންމެ ފަހުން ދޫކުރި ކުދިންގެ ގުރޫޕް ދޫކުރިފަހުން، މި ގޭންގުގެ ހައްޔަރުގައި މިހާރު ބާކީ ތިބީ 4 ކުއްޖެކެވެ. އަދި މި ކުދިންވެސް މިނިވަން ކުރުމަށް ސްކޫލުންދަނީ މަސައްކަތް ކުރަމުންކަމުގައިވެސް އޭނާ ވަނީ ވިދާޅު ވެފައެވެ.

"އެއްވެސް ކުއްޖަކު އަގަކާ ނުލާ މިނިވަން ކޮށްފައެއް ނުވޭ،" ރޮއިޓާސްއާއި ވާހަކަ ދައްކަމުން އޭނާ ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް މި ކުދިން މިނިވަން ކުރުމަށް ދައްކަމުންދާ ފައިސާގެ އަދަދުތައް ހާމަކުރުމަށް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.