ބްރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބްރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2021 09:11
0

ސިނަމާލެ ބްރިޖުގެ ހައިވޭގައި މިރޭ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައި، އެ ސައިކަލު ދުއްވަން އިން މީހާ ވެއްޓި އޭނާ އަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، އެ ސައިކަލް ކަހައިލީ މާލެ އިން ހުޅުމާލެ އަށް ދުއްވާފައި ދަނިކޮށް، ހައިވޭގެ ހަތަރު ލޭން ހިމެނޭ ހިސާބުން ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ބްރިޖް ހައިވޭގައި ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިއެވެ.

ފުލުހުންނަށް މި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ 7:54 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.