އިމްރާނާއި ދެކޮޅަށް އިހަވަންދޫގައި މުޒާހަރާކޮށްފި

އިމްރާނާއި ދެކޮޅަށް އިހަވަންދޫގައި މުޒާހަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2021 08:32
0

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ހއ.އިހަވަންދޫއަށް ވަޑައިގެންނެވުމުން، އެރަށުގައި އިމްރާނާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

އެއްވި މީހުން ވަނީ މެގަ ފޯނުން، މިނިސްޓަރ އިމްރާންގެ އިސްތިއުފާއަށް ގޮވާހަދާފައެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ހުރި ނުރައްކާތަކާއި ގުޅޭގޮތުން އެއްވި މީހުން ވަނީ އަޑު އުފުލާފައެވެ.

އިމްރާން އިހަވަންދޫއަށް ވަޑައިގެންފައިވަނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ.އުތީމުގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވުމަށްފަހުގައެވެ. ރޭގެ ޖަލްސާގައި އިމްރާން ވިދާޅުވެފައިވަނީ މިއަދުގެ ހާލަތާ މެދު ވިސްނައި ފިކުރުކޮށް، ގައުމައިގެން ކުރިއަށް ދިއުމަށް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތަށް ދަރިން ތަރުބިއްޔަތުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގައުމަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބި އެތައް ދަރިންތަކެއް އެބަތިބި ކަމަށާއި އެކަމަކު އެ ދަރިން، ދަރިންނަށް ހަދަންޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ހޯދާފައިވާ މީހުންގެ ދިރިއުޅުމުގެ ވާހަކަތަކަށް ބަލާއިރު، އެންމެން ވެސް އެއްބަސްވާ ބޮޑު ހަގީގަތަކީ ބޮޑު ކާމިޔާބީއެއް ހޯދޭނީ އަމިއްލަ ނަފްސުން ގުރުބާން ކޮށްގެން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.