ޤައުމީ ދުވަސް: ކޯވިޑްގައި ދިވެހިން ދައްކަވައި ދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަން

ޤައުމީ ދުވަސް: ކޯވިޑްގައި ދިވެހިން ދައްކަވައި ދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަން

ދިވެހިން ޤައުމީ ދުވަހާއި ކުރިމަތިލާއިރު، ކޯވިޑްގައި ދިވެހިން ދައްކަވައި ދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ ލާމަސީލު މިސާލެއް ކަމުގައި ކުރީގެ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބާގައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް އަށާއި، ދިވެހި ރައްޔިތުންނަށް ތަހްނިޔާ އާއި ހެޔޮ އެދުންތައް ފޮނުވައި ފޮނުވި ބަޔާނުގައި ވިދާޅުވީ ޤައުމީ ދުވަހާ މިފަހަރު އަޅުގަނޑުމެން ބައްދަލު ކުރާއިރު، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޯވިޑް-19 ގެވަބާ އިން ރައްކާތެރިވުމަށްޓަކައި ދިވެހިން ދައްކަވައި ދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ މިސާލެއްކަމަށެވެ.

އަދި ކުރީސަފުގައި މަސައްކަތް ކުރައްވާ ހުރިހާބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންކަމަށާއި، އާންމު ހާލަތަށް ދިވެހިރާއްޖެ ބަދަލުކުރުމުގައި އަދިވެސް އެންމެން ޤައުމީކަމެއްގެ ގޮތުގައި މިކަން ދެކިގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

އަޅުގަނޑުމެންގެ ދުޢާ އަކީ، މާތްﷲ ގެ ރަޙްމަތްފުޅުން މިނިވަންކަންމަތީ އޮތުން. އަދި ކޯވިޑްގެ މިނުރައްކާ ބަލިން ދިވެހި އުންމަތާއި އިންސާނިއްޔަތު ސަލާމަތް ކުރެއްވުން.

– ރައީސް މައުމޫން ވިދާޅުވިއެވެ.

މިއަދު ދިވެހި ގައުމު ފާހަގަ ކުރުމުން މިދަނީ ހިޖުރީ ގޮތުން މީގެ 360 އަހަރު ކުރިން 1 ރަބީޢުލް އައްވަލް 981 ވިލޭރޭ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، އެ ރަދުންގެ އެކުވެރިން ކޮޅަކާއި އެކު މާލެ އަރާވަޑައިގެން، އޭރު ރާއްޖެ އިސްތިއުމާރު ކޮށްގެން ތިބި ޕޯޗްގީޒުންނާ ހަގުރާމަ ކުރައްވައި، ފަތަހަ ހޯއްދެވި ތާރީޚީ ހާދިޘާއެވެ. އެހެންކަމުން އެމާތް ރަދުންނަށާއި އެރަދުންގެ އަރިހުގައި ދިވެހިރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ޓަކައި ހަނގުރާމަ ކުރެއްވި އެންމެހާ ދިވެހި އަބްޠާލުންގެ ޒިކްރާ އާކޮށް، އެބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުމަށް އެމްއާރުއެމްއިންވަނީ މާތް ﷲ ޙަޒުރަތުގައި ދުޢާ ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *