ޞިއްޚީ ދާއިރާގެ ބައެއް މުވައްޒިފުންނަށް މުސާރަނުލިބޭ ކަމުގެ ކަންބޮޑުުވުން

ޞިއްޚީ ދާއިރާގެ ބައެއް މުވައްޒިފުންނަށް މުސާރަނުލިބޭ ކަމުގެ ކަންބޮޑުުވުން

Author
މުޙައްމަދު ޝަޒައިމް
03 އޮކްޓޯބަރ 2021 12:11
0

މިދިޔަ މަހުގެ މުސާރަ ނުލިބި، ޞިއްޚީ ދާއިރާގެ ގިނަ މުވައްޒިފުންތަކެއް ކަންބޮޑުވުން ފާޅު ކުރަންފަށައިފިއެވެ.

މިކަމުގެ ކަންބޮޑުވުން ގިނަ މުވައްޒިފުންތަކެއް ފާޅު ކުރަމުންދާއިރު، ޞިއްޚީ ދާއިރާގެ ބައެއް ޖަމްއިއްޔާތަކުންވެސް މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 8 އަތޮޅެއްގައި މަސައްކަތް ކުރާ މުވައްޒިފުންނަށް މުސާރަ ނުލިބުމުގެ ޝަކުވާ ލިބިފައިވާކަމަށެވެ.

ނ، ރ، ކ، ޏ، ހއ ،ބ، ފ، ދ ގެ ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންގެ މުސާރަ މިއަދާ ހަމައަށް ޖަމާނުވާކަން ފާހަގަ ކޮށްލަން. މުވައްޒަފުންގެ މުސާރަތައް ލަސްނުކޮށް އެފަރާތްތަކަށް ދިނުމަށް ގޮވާލަން. މިވަގުތަށް މައުލޫމާތު ސައްހަ ކުރެވިފައިވާ އަތޮޅުތައް.

– ޔޫނިއަނުން ބުނެފައިވެއެވެ. 

ހެލްތު ޕްރޮފެޝަނަލުންގެ ޔޫނިއަނުން ވެސް ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ޖަމާވުން ލަސްވެގެން އެޔޫނިއަންގެ ސަމާލުކަމަށް މައްސަލަ އައިސްފައިވާކަން ހާމަކޮށްފައެވެ. ޔޫނިއަން އިން ކުރި ޓްވީޓެއްގައި ބުނީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ މުވައްޒަފުންގެ މުސާރަ، ޖަމާވުން ލަސްވުމުގެ ޝަކުވާތައް ޔޫނިއަންއަށް ވަނީ ލިބިފައި ކަމަށެވެ. ނިމިދިޔަ މަހުގެ މުސާރަ ޖަމާނުވާ މުވައްޒަފުން ތިބިކަން ފާހަގަކޮށް ޔޫނިއަން އިން ބުނީ މަހުން މަހަށް ލަސްނުކޮށް މުސާރަ ތައް ދިނުމަށް ގޮވާލާ ކަމަށެވެ.

އާއްމު ގޮތެއްގައި ސަރުކާރު މުވައްޒަފުންގެ މުސާރަ އެންމެ ލަސްވެގެން މަހުގެ އެންމެ ފަހު ރަސްމީ ދުވަހު ޖަމާވެއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް އޮފީސްތަކުގެ މުވައްޒަފުންގެ މުސާރަ ޖަމާވުން ލަސްވަމުންދާ ކަމުގެ ޝަކުވާ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.