އެމްޑީޕީގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް މޫސަ ރައީސް ޞާލިހަށް ގޮވާލައިފި

އެމްޑީޕީގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް މޫސަ ރައީސް ޞާލިހަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
03 އޮކްޓޯބަރ 2021 11:18
0

އެމްޑީޕީ ހަލާކުވިޔަ ނުދިނުމަށްޓަކައި، އެޕާޓީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުއާއިކު ޕާޓީގެ ލީޑަރޝިޕްގައި ހިންގަންތިބި މީހުން މިހާރު މިހާރަނަށް ވަކި ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ނިމިދިޔަ ޤައުމީ މަޖިލިސް އިންތިޚާބަށްފަހު، އެމްޑީޕީގެ ކުރިމަގާއިމެދު މޫސަ ވިދާޅުވީ، އަބަދުވެސް އެމްޑީޕީ ހަލާކު ކޮށްލަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރު އެމްޑީޕީގެ ޤައުމީ މަޖިލިސް މިހާރުގެ ރައީސް ނަޝީދަށް ނާކާމިޔާބު ވުމުން، ޕާޓީ ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކަމުގައި އެމްޑީޕީގެ ލިޑަރޝިޕްގައި މިވަގުތު ތިއްބެވި ބޭފުޅުން މަަސއްކަތް ކުރަމުންދާކަމަށް މޫސަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ސަލާމަތް ކުރެވޭނީ ޕާޓީ ހަލާކުކޮށްލަން ތިއްބެވި ބޭފުޅުން މަޤާމުތަކުން ވަކިކޮށްގެން ކަމަށާއި، އެކަން އަވަސް ކުރަންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީ ނައްތާލުމަކީވަރަށް ދުރާލާ ރާވައިގެން ބަޔަކު ކުރާކަމެއް، ނަޝީދަށްކުރި ނުލިބުނީމަ އޭނަގެވެސްއުއްމީދަކީ އެމްޑީޕީ ނައްތާލުން، އެކަން އެހެން ވިޔަނުދިނުމަށާ ޕާޓީ ގެ ޗެއަރ އާއި ރައީސް، ނައިބުރައީސް ވަގުތުން މަގާމުންދުރުކުރަން އާ ޤައުމީ މަޖްލީހާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް ގޮވާލަން.

– މޫސާ މަނިކު ވިދާޅުވިއެވެ. 

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުންނަށެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އަދި އިއުލާންކޮށްފައި ނުވާއިރު، ރައީސް ނަޝީދަށް ތާއީދު ކުރާ ބަރުލަމާނީ ނިޒާމަށް މަސައްކަތް ކުރާ ކެނޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބް ވެފައިވަނީ 55 ބޭފުޅުނަށެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ވާދަވެރި، މިއިންތިޚާބުގައި 47،100 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލާން ޖެހޭ މީހުންގެ ތެރެއިން %50.31 މީހުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ 93,612 މެމްބަރުން ތިބިކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މީހަކުވަނީ އިންތިޚާބު ވެފައެވެ. ޤައުމީ މަޖިލީހަށް އިންތިޚާބަށް ހޮވުނު މީހުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި މަތީ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް ހިމެނެއެވެ.

އިންތިޚާބުގެ ވޯޓް ނެގުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެ އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިޚާބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަށުމީހާ
މިމޫސައަށް ވުރެން އަނގަ ނަޖިސް މީހަކު އަހަރެން ނުދެކެްެނ. ސީދާ ވަކަރުގޭ މޮށުން