ދެން އޮތީ މާލޭ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދުމަށް ޕާޓީތެރެއިން މަސައްކަތްފެށުން: ސިފާ

ދެން އޮތީ މާލޭ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދުމަށް ޕާޓީތެރެއިން މަސައްކަތްފެށުން: ސިފާ

Author
މުޙައްމަދު ޝަޒައިމް
28 ސެޕްޓެމްބަރ 2021 03:16
0

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި މާލޭ ދާއިރާގެ ރައީސްކަމަށް އިންތިޚާބު ވުމުން މިހާރު ދެން ކުރަން އޮތް އެންމެ މުހިންމުކަމަކީ މާލޭ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދުމަށް ޕާޓީ ތެރެއިން މަސައްކަތް ފެށުންކަމުގައި މާލެ ސިޓީ ދާއިރާގެ ރައީސްކަމަށް އިންތިޚާބުވި ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންގެ ފަރާތުން މިއިންތިޚާބުގައި ސިފާއަށް ކުރެއްވި ތާއީދަށް ޝުކުރު އަދާކޮށް އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލޭ ރައްޔިތުންގެ ނިންމުމުން ސާފުވެގެން ގޮސްފައިވަނީ ޕާޓީން ވެފައިވާ ވައުދުތަކާއި، ސިޔާސަތުތަކާއިކު މަސައްކަތް ފެށުންކަމަށެވެ. މިކަން ކުރުމުގައި ޕާޓީގެ ތެރެއިން މަސައްކަތް ފަށަންޖެހޭ ވަގުތަކީ މިއީ ކަމަށާއި، މިކަން ކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް ސިފާ ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގެ ޒަރީޔާތަކުން، ތުހުމަތެއްނެތި ތާއީދު އޮއްސަމުން ގެންދެވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަން. ދެން އޮތީ އެންމެން އެކުގައި ޕާޓީ ކުރިއަށް ދިއުން. ޕާޓީގެ ވައުދުތައް ސިޔާސަތުތައް އިސްކޮށް މާލެ ރާއްޔިތުންނަށް ހައްގުވާ މިންވަރު ހޯދުމަށް ޕާޓީގެ ތެރެއިން މަސައްކަތް ފެށުން.

– ސިފާ ވިދާޅުވިއެވެ.

މާލެ ދާއިރާގެ ރައީސްކަމަށް ސިފާ އިންތިޚާބުވީ އަކްރަމް ކަމާލުއްދީނާއި ވާދަކޮށެވެ. މާލޭގެ އެމްޑީޕީގެ ގިނަ މެމްބަރުން ތިބީ ސަރުކާރާއިމެދު ވަރަށްބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ވެފައިވާ ވައުދުތައް ނުފުއްދި ވެރިކަން ދެބައިވެފައިވާއިރުވެސް ސަރުކާރުން މާލޭގެ ރައްޔިތުންނަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށް މާލޭގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ސިފާއަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ބޭފުޅެކެވެ. އިންތިޚާބު ކާމިޔާބުވި ނަމަވެސް ސިފާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޤައުމީ މަޖިލިސްގެ ކޮންޓްރޯލް ރައީސް ނަޝީދަށް ނުލިބުމެވެ. ޤައުމީ މަޖިލީހުގެ ސާފު މެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.