އެމްޑީޕީގެ ފިޔަވަޅު އަޅަ ކޮމިޓީގެ ކުރީގެ ނާއިބު ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) އެޕާޓިން ވަކިކޮށްފައިވާކަމަށް ބުނެފައިވަނިކޮށް، އެމްޑީޕީގެ އެންމެ ބޮޑު އިންތިޚާބުގައި ވޯޓުލައިފިއެވެ. މިއީ އެޕާޓިން ވަކިކޮށްފައިވާކަމަށް ބުނެ ޕާޓިން ހެދި ދޮގެއްކަން ހާމަވުންކަމަށް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އަދި އެޕާޓިގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވަނީ ސިފަކުރައްވާފައެވެ.
މިއަދު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޝުއައިބު ވޯޓު ލާފައިވާކަން ހާމަވުމުން ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.
Marh'abaa, magey rah'maiytheri Furahani @ShuaibMaldives .
Miadhu beyvvi #MDP ge ethereyge inthikhaab gai vote levvumun, party in kan'daalee ey kiyaigen @MDPSecretariat in hedhee hus dhogukan saabithu vejje.
Vote leveynee partyge memberunnah.
— Professor Maverick Ibra (@ibramandhu) September 25, 2021
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުގައި ހުންނެވި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) އެ ކޮމިޓީން ސަސްޕެންޑްކޮށް އޭނާއަށް ފިޔަވަޅު އަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބް އަލީ އެ ކޮމިޓީން ސަސްޕެންޑް ކުރި މައްސަލައިގެ ތަފުސީލުތައް ދިނުމަށްވެސް އޭނާ ހުށަހެޅިއެވެ. ޝުއައިބު އެޕާޓީން ވަކިކުރީވެސް މިދިޔަ މަހުގެތެރޭގައެވެ.
ޝުއައިބަށް ފިޔަވަޅު އަޅަން ނިންމީ މީސް މީޑިއާގައި ޕާޓީގެ އަގު ވައްޓާން އުޅޭ ކަމަށް ބުނެ އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަމަށް ފާޑުކިޔައި އެ ބޭފުޅުންގެ ކާޓޫންތަކެއް މީސް މީޑިއާގައި ޝުއައިބް އާންމުކުރި މައްސަލައެވެ.
އެ ކޮމިޓީގައި އިންނަވާ ރައީސް އޮފީހުގެ މިނިސްޓަރު، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އަށް ޝުއައިބް ފޮނުވި ސިޓީއެއްގައި ވަނީ އޭނާއަށް ކުރާ ހަތަރު ތުހުމަތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ކޮމިޓީން އަންގާފައިވީ ނަމަވެސް އެއިން ތުހުމަތުގެ ތަފުސީލަކާއި އޭނާ ހިލާފްވީ ޕާޓީގެ އަސާސީ ގަވާއިދުގެ ކޮން މާއްދާއަކަށް ކަން ސާފުވާން ނެތް ކަމަށެވެ. އެހެންކަމުން ޝުއައިބަށް ތުހުމަތު ކުރާ ކަންކަމުގެ ތަފުސީލުތަކާއި އެ ކަންކަމަކީ ޕާޓީގެ އަސާސީ ގަވާއިދާއި އެ ނޫން ވެސް ގަވާއިދެއްގެ ދަށުން ކުށެއް ނުވަތަ ކޮށްގެން ނުވާނެ ކަމެއް ކަން ބަޔާން ކުރާ މާއްދާތަކާ ހަވާލާދީފައިވާ ލިޔުންތައް ވެސް ހިމެނޭ ގޮތަށް އޭނާއަށް ފޮނުވަން އެދިވަޑައިގެންފައިވެއެވެ.
އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝުއައިބް ވިދާޅުވި ގޮތުގައި އޭނާއަށް ކުރެވޭ ހަތަރި ތުހުމަތަކީ ޕާޓީގެ އަގު ވައްޓާލުމުގެ ތުހުމަތާއި ޕާޓީއާ މެދު ނަފުރަތު އުފައްދަން މަސައްކަތް ކުރުމުގެ ތުހުމަތާއި ޕާޓީއަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމުގެ ތުހުމަތުގެ އިތުރުން، ރައީސް ސޯލިހް އާއި އެމްޑީޕީގެ ރައީސް ނަޝީދަށް ނިސްބަތްކޮށް ހުތުރު ބަހުން މުއާމަލާތް ކުރެއްވުމެވެ.
ޝުއައިބްވަނީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ޑރ.މުއިއްޒު އިންތިޚާބު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އަދި ފާޅުގައި ރައީސް ނަޝީދަށް ވަރަށްބޮޑަށް ދަނީ ފާޑުވިދާޅުވަމުންނެވެ.