މިއަދު ކުރިއަށްދާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމުތަކާއި، އަމާން ކަމާއި އޮމާންކަމާއި އެކުގައިކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވެފައިވަނީ އިންތޚާބުގައި އިންތިޒާމެއް ނެތްކަމަށް މާލެ ސިޓީގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނިކޮށެވެ. ހަސަން ވިދާޅުވީ މި އިންތިޚާބުގައި އެތައް ހާސް ބަޔަކު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލަމުންދާއިރު، އިންތިޚާބުގެ ކަންކަން ދަނީ ވަރަށް އަމާން ކަމާއި އޮމާން ކަމާއިއެކުގައި ކަމަށެވެ.
އިންތިޚާބުގެ އިންތިޒާމުތައް ފެނިގެންދަނީ ވަރަށް ރަނގަޅަށް ކަމަށާއި، މިއިންތިޚާބުގައި މިހާ ގިނަބަޔަކު ވޯޓު ލަމުންދާކަމީ ލިބޭ ހިތްހަމަ ޖެހުމެއްކަމަށް ހަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްހައި ކުރިއަށް އެބަދޭ. ވޯޓުލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމު ތަކާއިއެކު، އޮމާންކަމާއި އެކު. އެތައް ހާސް ބަޔަކު އެދަނީ މި ހަރަކާތުގައި މުޅި ރާއްޖެއިން ބައިވެރިވަމުން.
– ހަސަން ވިދާޅުވިއެވެ.
ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ދިޔަ މީހެއްގެ ކަންބޮޑުވުން ހިމެނޭ މެސެޖެއްގެ ސްކްރީންޝޮޓާއެކު ކުރެއްވި ޓްވީޓެއްގައި އަކްރަމް ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް ވަރަށް ދޯދިޔާކަމަށެވެ. ގިނަ ވޯޓުފޮށިތައް ކައިރީގައި އިނީ އެންމެ އޮފިޝަލެއްކަމަށާއި، އޭނާ އެކަނި ވޯޓާސްލިސްޓް ޗެކްކުރަމުން އެހެން މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. އަކްރަމް ވަނީ ބައެއް ވޯޓުފޮށިތަކުގައި ނަންބަރު ނެތްކަމަށްބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އަކްރަމްއާއި ހަސަން ލަތީފާ ދެމެދުވެސް ވަނީ ވާހަކަތައް ހޫނުވެފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްކޮންފަރެންސުގައި، އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ދެއްކި ވާހަކަތަކެއް ކަމަށްބުނެ މީޑިއާއަކުން ފެތުރި ޚަބަރަކާއި ގުޅިގެ މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައްވާ އަކްރަމް ކަމާލުއްދީން ވަރަށް ބޮޑަށް ހިތްހަމަނުޖެހި ދެބޭފުޅުންގެ ދެމެދުގައި ބަދަލުކުރެވު ޓެކްސްޓް މެސެޖްވެސް ޓުވިޓާގައި އާންމު ކުރައްވާފައެވެ.
މިސެޖްތައް އާންމު ކުރެއްވުމާއި ގުޅިގެން މާލެ ސިޓީގެ ރައީސްކަމަށް ސިފާއަށް ތާއީދު ކުރައްވާ އާޒިމް ވިދާޅުވީ މިއީ ވަރަށް ދަށު ފެންވަރުގެ ކަމެއްކަމަށެވެ. ޕާސަނަލްކޮށް ކުރެވޭ މެސެޖްތައް އާންމު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.
އަކްރަމް ވަނީ އޭނާ ހަސަން އާއި ދެބޭފުޅުން ވަޓްސް އަޕުން ދެއްކި ވާހަތައް ޓުވިޓާގައި ހިއްސާ ކުރައްވާފައެވެ. ޚަބަރު ހަސަންއާއި ހިއްސާ ކުރުމަށްފަހު އަކްރަމް ވިދާޅުވެފައިވަނީ ވަރަށް ފައްކާ އިގޯތޯ، މިހެންނެވެ. ހަސަން ވިދާޅުވެފައިވަނީ އޭނާ ޕްރެސް ކޮންފަރެންސްގައި އަކްރަމަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ބުނެފައި ނުނާވެނެކަމަށެވެ. އަދި އަކްރަމަށް ވާދަނުކުރެވޭނެކަމަށް އެންމެ ފުރަތަމަ ނިންމި އިރު ނިންމީވެސް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް އަކުން ނޫންކަމަށެވެ.
ހަސަންގެ މިވާހަތަކާއި ގުޅިގެން އަކްރަމް ވިދާޅުވީ މިކަމާއި ގުޅިގެން ހަސަން ސްޓޭޓްމަންޓެއް ނުނެރުނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ މާލެ ދާއިރާގެ ރައީސް ކަމަކީ މިއިންތިޚާބުގެ އެންމެ ވާދަވެރިކަން ބޮޑު އެއް ދާއިރާއެވެ. މާލެ ސިޓީގެ ރައީސްކަމަށް އަކްރަމާއި ވާދަ ކުރައްވަނީ ރައީސް ނަޝީދު ތާއީދު ކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދެވެ.
އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. ވޯޓުލުން ނިމޭނީ ހަވީރު 5 ޖަހާއިރުވއެވެ.
ކޮމެންޓު ފޮނުވާ