އެމްޑީޕީން ބޭއްވި ޕްރެސްއެއްގައި ދެއްކި ވާހަތަކަކާއި ގުޅިގެން މާލެ ސިޓީގެ ރައީސްކަމަށް ވާދަކުރައްވާ އަކްރަމް ކަމާލުއްދީން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ކުރެއްވި މެސެޖްތައް އާންމުކުރެއްވުމަކީ ވަރަށް ދަށު ފެންވަރުގެ ކަމެއްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްކޮންފަރެންސުގައި، އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ދެއްކި ވާހަކަތަކެއް ކަމަށްބުނެ މީޑިއާއަކުން ފެތުރި ޚަބަރަކާއި ގުޅިގެ މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލައްވާ އަކްރަމް ކަމާލުއްދީން ވަރަށް ބޮޑަށް ހިތްހަމަނުޖެހި ދެބޭފުޅުންގެ ދެމެދުގައި ބަދަލުކުރެވު ޓެކްސްޓް މެސެޖްވެސް ޓިވިޓާގައި އާންމު ކުރައްވާފައެވެ.
މިސެޖްތައް އާންމު ކުރެއްވުމާއި ގުޅިގެން މާލެ ސިޓީގެ ރައީސްކަމަށް ސިފާއަށް ތާއީދު ކުރައްވާ އާޒިމް ވިދާޅުވީ މިއީ ވަރަށް ދަށު ފެންވަރުގެ ކަމެއްކަމަށެވެ. ޕާސަނަލްކޮށް ކުރެވޭ މެސެޖްތައް އާންމު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.
ހާދަ ދަށު ފެންވަރުގެ އަމަލެއް. ޕާސަނަލް ޓެކްސްޓް އާންމު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން. ދެއްތޯ ހަސަން ލަތީފް.
– އަލީ އާޒިމް ވިދާޅުވިއެވެ.
Haadha dhashu fenvaruge amaleh. Personal text aamukurumakee kohgenvaanekameh noon, dhehtho @HassanLatheef ? https://t.co/tWIjLB5Y0A
— ??? ???? (@aliaazim) September 24, 2021
އަކްރަމް ވަނީ އޭނާ ހަސަން އާއި ދެބޭފުޅުން ވަޓްސް އަޕުން ދެއްކި ވާހަތައް ޓުވިޓާގައި ހިއްސާ ކުރައްވާފައެވެ. ޚަބަރު ހަސަންއާއި ހިއްސާ ކުރުމަށްފަހު އަކްރަމް ވިދާޅުވެފައިވަނީ ވަރަށް ފައްކާ އިގޯތޯ، މިހެންނެވެ. ހަސަން ވިދާޅުވެފައިވަނީ އޭނާ ޕްރެސް ކޮންފަރެންސްގައި އަކްރަމަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ބުނެފައި ނުނާވެނެކަމަށެވެ. އަދި އަކްރަމަށް ވާދަނުކުރެވޭނެކަމަށް އެންމެ ފުރަތަމަ ނިންމި އިރު ނިންމީވެސް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް އަކުން ނޫންކަމަށެވެ.
ހަސަންގެ މިވާހަތަކާއި ގުޅިގެން އަކްރަމް ވިދާޅުވީ މިކަމާއި ގުޅިގެން ހަސަން ސްޓޭޓްމަންޓެއް ނުނެރުނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ މާލެ ދާއިރާގެ ރައީސް ކަމަކީ މިއިންތިޚާބުގެ އެންމެ ވާދަވެރިކަން ބޮޑު އެއް ދާއިރާއެވެ. މާލެ ސިޓީގެ ރައީސްކަމަށް އަކްރަމާއި ވާދަ ކުރައްވަނީ ރައީސް ނަޝީދު ތާއީދު ކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދެވެ.
ކޮމެންޓު ފޮނުވާ