ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމުގައިވަވާ އަނައްނިޔާ ޕާންޑޭ އާއި ސިދާތު ޗަތުރުވޭދީ އެކުގައި ފެނިގެންދާނެ ފިލްމެއް އިއުލާން ކޮށްފިއެވެ.
މީޑިއާގައި މި ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ފަހުން ރަސްމީކޮށް މިހާރު ވަނީ މި ފިލްމް އިއުލާން ކޮށްފައެވެ.
މިއީ ސިދާތާއި އަނައްނިޔާ އެކުގައި މަސައްކަތްކުރާ ދެވަނަ ޕްރޮޖެކްޓެވެ. މިދެތަރިން އެކުގައިވަނީ މީގެކުރިންވެސް ވަނީ ފިލްމެއްގެ މަސައްކަތްކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް އެ ފިލްމަށް ނަމެއް ނުދެއެވެ. އެ ފިލްމުން މި ދެތަރިންނާއެކު ދީޕިކާ ޕަޑުކޯންވެސް ފެނިގެން ދާނެއެވެ.
އަނައްނިޔާ އާއި ސިދާތު އެކުގައި މީގެ ކުރިން ވަނީ އިންޓަވިއުއެއްގައި ބައިވެރިވެފައެވެ. އަދި އެ އިންޓަވިއު ގައި ނެޕޮޓިޒަމާ ގުޅޭ ގޮތުން އަނައްނިޔާ ދެއްކި ވާހަކަ އަކުން ދެމީހުންގެ މެދުގައި ފިނި ހަނގުރާމައެއްވެސް ކުރިއަށް ދިޔައެވެ.
މި ދެތަރިން އެކުގައި ފެނިގެންދާނެކަން ފަހުން އިއުލާންކޮށްފައިވާ ފިލްމުގެ ނަމަކީ "ކޯ ގަޔޭ ހަމް ކަހާ"އެވެ. މި ދެތަރިންގެ އިތުރުން މި ފިލްމުން "ދަ ވައިޓް ޓައިގާ" ގެ ރޯލެއް ކުޅުނު ގޯރަވް އާދާޝް ވެސް ފެނިގެންދާނެއެވެ.
2023 ވަނަ އަހަރު އަޅުވަން މަސައްކަތްކުރާ މިފިލްމުގައި ދައްކުވައިދެނީ ޒަމާނީ ޑިޖިޓަލް ދުނިޔެއަށް ގޮސްގެއްލިފައިވާ ޒުވާން 3 އެކުވެރިންގެ ވާހަކަތަކެވެ.
އަނައްނިޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ކާލީ ޕީލީ" އިންނެވެ.
ސިދާތުގެ އަތުގައިވެސް ބޮޑެތި ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ. އޭނާ އަންނަނީ އޭ ލިސްޓްގެ ތަރިންނާއި އެކު ބައެއް މަސައްކަތްތައް ކުރަމުންނެވެ.