އުފަންދުވަހާއި ދިމާކޮށް، ކުރިއަރަމުން އަންނަ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ދޫކޮށްލި ލަވަ "ޝިކާރަ" ހުރިހާ ދިވެހިންގެ ހިތްތައް އަތުލައިފިއެވެ.
މި ފަހުން ރާއްޖޭގައި ނެރުނު ލަވަ އަކަށް ލިބުނު އެންމެ ބޮޑު ތަރުހީބު މި ލަވައަށް މި ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން މި ލަވަ ވަނީ 56 ހާހަށްވުރެ ގިނަ މީހުން ބަލާފައެވެ. އަމިއްލަ އަށް ޕްރޮޑިއުސްކޮށް އަދި އެކްޓުވެސް ކުރި މި ލަވަ ނެރުނުތާ އަދި މިވީ ހަފްތާއެއްހާ ދުވަހެއެވެ.
މި ލަވަ ވައިގަ ހިފައިގެން ގޮސް މުޅި ސޯޝަލް މީޑިއާ މި ވަނީ ކައްކުވާލައިފައެވެ. މި ލަވަ ދަނީ ހުރިހާ ސޯޝަލް ޕްލެޓްފޯމްއެއްގައި އެނބުރެމުންނެވެ.
އާޝާ އަންނަނީ ކޮންމެ އުފަންދުވަހަކާއި ދިމާކޮށް ލަވައެއް ނެރެމުންނެވެ. ސިލްސިލާކޮށް ނެރެމުން އަންނަ ލަވަތަކުގައި އެކްޓު ކުރަނީވެސް އާޝާއެވެ.
މި ލަވަ ކިޔާފައިވަނީ މަރިޔަމް އަޝްފާ އާއި ޝަލަބީ އިބްރާހީމްއެވެ. މި ލަވައިން އާޝާ އާއި އެކު ފެނިގެން ދަނީ އަޙްމަދު އީސަ (އާނަންދު) އެވެ.
އާޝާ އާންމުންގެ މެދުގައި މަގުބޫލުކަން ހޯދީ "ޓިކްޓޮކް" ވީޑިއޯ ތަކުންނެވެ. އަދި އޭނާ ވަނީ އެކްޓުކުރުމުގެ ހުނަރު ދައްކާލައި ފިލްމީ ދާއިރާއަށް ނުކުމެފައެވެ. އެގޮތުން އޭނާ ވަނީ ދިވެހި ފިލްމް "ގޮއްރާޅު" އިން ވެސް ފެނިގެން ގޮސްފައެވެ.
3 Responses
ހުވާކޮށްފާ ބުނަން ލޯބިވޭ ލަވަ ހެން ވޭރިއޭޝަން ބަދަލުކޮށްލާފަ މިއީ އަމިއްލަ ރާގެކޭ ބުނީމަ އެ ނިމުނީ… މިއީ ދިވެހިން ލަވައިން މި ފަހުން ފޮށިފަޅާގޮތް.. ތި ލަވަ އަކީ ވެސް މަޑާ 2 ގެ ހާލެ ދިން އަސްލަކަށް ބަލައިގެން ހަދާފައިވާ ލަވައެއް..
އަހަރުންނަށް ކޮން ކަމެއް ތި ދައިތަ ގަނޑަކާ
ޙުރިހަާ ވީމަ ކަޑަ ސުރުހީއެއް ބައެއް ހުސްކޮން ހުރި ފިރެހެން އެގޮތައް ރަގަޅުކޮއްލާ