ދިވެހި ބަހަށް ނުފަރިތަ ދަރިވަރުންނަށް ސޯސަންވިލާއިން ޚާއްސަ ކުލާސް ތަކެއް!

ދިވެހި ބަހަށް ނުފަރިތަ ދަރިވަރުންނަށް ސޯސަންވިލާއިން ޚާއްސަ ކުލާސް ތަކެއް!

Author
މުޙައްމަދު ޖިމީ
19 ސެޕްޓެމްބަރ 2021 09:55
0

މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ)، ސޯސަންވިލާ، ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ދިވެހި ބަހަށް ނުފަރިތަ ދަރިވަރުންގެ ދިވެހި ބަހުގެ ފެންވަރު މަތި ކުރުމުގެ ގޮތުން އެ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްސަ ކްލާސްތަކެއް ސޯސަންވިގައި ނަގަން ފަށައިފިއެވެ.

"ކޮންމެ ކުއްޖަކީ ލިޔަން ކިޔަން ދަންނަ ކުއްޖެއް" މި ނަމުގައި ސޯސަންވިލާގައި ފެށި މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ތިން ގްރޫޕަކަށް ބަހާލައިގެން، ދަރިވަރުން ދިވެހި ބަހަށް ޝައުގުވެރިވާ ފަދަ ޙަރަކާތް ތަކާއެކުގައެވެ.

މިވަގުތު ޒޫމް މެދުވެރިކޮށް ކުރިޔަށްދާ މި ކްލާސްތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުކަމަށް ސޯސަން ވިލާއިން ބުންޏެވެ. ކްލާސްތައް ހަފްތާއަކު ދެ ދުވަހު ކުރިޔަށްދާއިރު، ދަރިވަރުންނަށް އަންނަ ކުރިއެރުންތައް ކޮންމެ މަހަކު އެއްފަހަރު ސޯސަންވިލާގެ މުދައްރިސުން ބެލެނިވެރިންނާ ޙިއްސާ ކުރަމުންވެސް ދާނެކަމަށްވެސް ސޯސަން ވިލާއިން ބުންޏެވެ.

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނަށް ޚާއްސަކޮށްގެން ދިވެހި ސަރުކާރުން ލަންކާގައި ހިންގަމުން އަންނަ އެމް.އީ.ސީ.ސީ، ސޯސަންވިލާގައި ކިޔަވައިދެނީ ދިވެހި، އިސްލާމް އަދި ޤުރުއާން މާއްދާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.