"ޕޮންޔިންގް ސެލްވަން"ގެ ޕޯސްޓަރު ދައްކާލައިފި

"ޕޮންޔިންގް ސެލްވަން"ގެ ޕޯސްޓަރު ދައްކާލައިފި

Author
ފާތިމަތު ނާވީ
22 ސެޕްޓެމްބަރ 2021 08:44
0

ރީތީގެ ރާނީ އައިޝްވާރިޔާ ރާއީގެ ކުރިއަށް އޮތް ހިސްޓޯރިކަލް ފިކްޝަން ފިލްމް "ޕޮނިޔިން ސެލްވަން"ގެ މަސައްކަތް އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ.

މީގެ ކުރިން ވަނީ މި ފިލްމްގައި އައިޝްވާރިޔާ ހުންނަ ގޮތުގެ ފޮޓޯއެއް ވެސް ލީކްވެފައެވެ. މި ފިލްމްގެ ޝޫޓިންގ ކުރިއަށް ދާ ސެޓުގައި މަންޒަރެއް ލީކްވުމާއެކު އެއީ އޭނާ އެ ފިލްމުން ފެނިގެން ދާނެ ގޮތް ކަމަށް ބުނެ ވަނީ ގިނަބަޔަކު އެކަމާ ވަހަކަ ދައްކައިފައެވެ.

މިހާރު އެ ފިލްމްގެ ޝޫޓިން ނިންމާލައިފާވާކަން ޕްރޮޑަކްޝަން ޓީމުން ވަނީ އިއުލާން ކޮށްފައެވެ. ހަމަ އެހެންމެ އައިޝްވާރިޔާ ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ފިލްމް ގެ ޕޯސްޓަރު ހިއްސާކޮށްފައެވެ. މި ޕޯސްޓަރުން ފިލްމްގެ އެއްވެސް ލީޑް އެކްޓަރެއް ނުފެނެއެވެ. ކަނޑިއެއް ފެންނަ ޕޯސްޓަރު އޭނާ ހިއްސާ ކޮށްފައިވަނީ ގިނަ އިމޯޖީސް ތަކަކާއި އެކުގައިއެވެ.

މަނީ ރަތުނަމް ޑައިރެކްޓް ކުރާ މި ފިލްމަކީ ސައުތުގެ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. ބޮޑު ބަޖެޓަކުން ހަދާ މި ފިލްމް ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ހޫނުމޫސުމަށެވެ.

އައިޝްވާރިޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މީގެ ހަތަރު އަހަރު ކުރިން 2018 ވަނަ އަހަރުގެ "ފެނީ ހާން" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.