imad

އިޓަލީގައި މަރުވި ދިވެހި މީހާގެ ހަށިގަނޑު ރާއްޖެ ގެންނަނީ

އިޓަލީގައި މަރުވި ދިވެހި މީހާގެ ހަށިގަނޑު ރާއްޖެ ގެންނަނީ

އިޓަލީގެ މިލާނުގައި އިއްޔެ ދަންޖެހިފައި ހުއްޓާ ފެނުނު ދިވެހި ފިރިހެން މީހާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ އާއިލާއިން ބުނެފިއެވެ.

އުމުރުން 44 އަހަރުގެ ހދ.ނޮޅިވަރަމްފަރު، ވައިމަތީގޭ މަހްމޫދު އިމާދު މަރާލާފައިވާ ކަމަށް އެރަށު ތެރޭގައިވެސް ވަނީ އަޑުފެތުރިފައެވެ. އަދި އެކަން މިހާރު ފޮރިން މިނިސްޓްރީންވެސް ދަނީ ބަލަމުންނެވެ. އޭނާ އަކީ އިޓަލީވިލާތުގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ މީހެކެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ އޭނާގެ މައިދައިތަ އަށެވެ.

އިމާދުގެ އާއިލާއިން ބުނެފައިވަނީ އިމާދުގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ސީދާ ގެނެވޭނީ ކޮން ދުވަހެއްގައި ކަމެއް ނޭނގޭ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އިމާދު އިޓަލީގެ މީހަކާ އިނދެގެން އުޅޭތާ 10 ވަރަކަށް އަހަރު ވެދާނެ ކަމަށް އާއިލާއިން ބުންޏެވެ. އަމިއްލަ ރަށުގައި ގެސްޓް ހައުސްއެއް އެޅުމުގެ މަސައްކަތުގައި އުޅުމަށް ފަހު އޭނާ އެނބުރި އިޓަލީ އަށް ދިޔައީ މޭ މަހުގެ ތެރޭގައެވެ. އިމާދު މަރުވި އިރު އޭނާގެ އަންހެނުންނާއި އަންހެނުންގެ ބައްޕަ ހުރީ އިމާދުގެ ރަށް ނޮޅިވަރަންފަރުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *