ދެކުނު ކޮރެއާގެ ކުރީގެ ރައީސް ލީ ޔަންގ ބެކް

ދެކުނު ކޮރެއާގެ ކުރީގެ ރައީސް 17 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް 17 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ގުޅުންހުރި

2008 އިން 2013 އަށް ދެކުރު ކޮރެއާގެ ރައީސްކަން ކުރެއްވި އެގައުމުގެ ކުރީގެ ރައީސް ލީ ޔަންގ ބެކްގެ މައްޗަށް ރިޝްވަތު ނެންގެވި ކަމަށް ސާބިތުވެ، 17 އަހަރަށް ޖަލަށްލާން ދަށު ކޯޓުން ކުރި ހުކުމް އެގައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓާއިފިއެވެ.

ސުޕްރީމް ކޯޓުން ލީ 17 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމާއި ގުޅިގެން ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ޖަލަށް ބަދަލު ކުރެވޭނެކަމަށް އެގައުމުގެ ރަސްމީ އިދާރާތަކުން މައުލޫމާތުދެއެވެ.

ލީއަކީ ކޮރަޕްޝަންގެ ކުށް ސާބިތުވެ ދެކުރުކޮރެއާގައި ޖަލަށްލެވުނު އެގައުމުގެ ރައީސްކަން ކުރެއްވި ދެވަނަ ބޭފުޅާއެވެ. ލީގެ ފަހުން ދެކުނު ކޮރެއާގެ ރައީސްކަން ކުރެއްވި ޕާރކް ގައުން ހައި ވަނީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވި މަގާމުން ދުރުކުރެވިފައެވެ. އަދި 2018 ވަނަ އަހަރު ދަށު ކޯޓުން އެކަމަނާގެ މައްޗަށްވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ހަމަ އެހަރު ކޮރަޕްޝަންގެ ތުހުމަތުގައި ލީ ހައްޔަރުކުރެވުނެވެ. އަދި ދައުވާކުރެވި ލީގެ މައްޗަށް ހުކުމްވެސް ކުރެވުނެވެ. އެހެންނަމަވެސް، މިހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވުމާއި ގުޅިގެން ސުޕްރީމް ކޯޓުން ހުކުމް ކުރެވެންދެން ބެއިލްގެ ފުރުސަތު ލިބި، ފާއިތުވެދިޔަ މަސްތަކުގައި އޭނާ އުޅެމުން ގޮސްފައި ވަނީ މިނިވަންކަމާއެކުއެވެ.

2018 ވަނަ އަހަރު ސޯލްގެ ދަށުކޯޓުން ލީ 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އޭނާ ދެކުނު ކޮރެއާގެ ރައީސް ކަމަށް ވާދަކުރެއްވި އިރުގައާއި އަދި ރައީސްކަމުގައި ހުންނަވައިގެން ރިޝްވަތުގެ ގޮތުގައި އެކި ފަރާތްތަކުން 7.5 މިލިއަން ޑޮލަރު ނެންގެވިކަން ޝަރީއަތަށް ސާބިތު ވުމާއި ގުޅިގެންނެވެ. މީގެތެރިއިން ބޮޑުބައެއް ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވަނީ ދެކުނު ކޮރެއާގެ އެންމެބޮޑު ޓެކް ކުންފުނި ކަމުގައިވާ ސެމްސަންގ އިންނެވެ.

އުމުރުން 78 އަހަރުގެ ލީއަށް ސެމްސަންގ ކުންފުނިން ރިޝްވަތު ދީފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ މަސައްކަތްކުރި ހަޔުންޑާއި ކުންފުނީގެ ލޯޔަރެއްގެ ގޮތުގައި ކުރެއްވި މައްސައްކަތްތަކަށް ދެއްކި ފީގެ ގޮތުގައެވެ. ރިޝްވަތުގެ ބަދަލެއްގެ ގޮތުން، ވެރިކަމުގައި ހުންނަވައިގެން ލީވަނީ ސެމްސަންގ ކުންފުނީގެ އިސްވެރިންގެ މަސްލަހަތު ހިމެނޭ އެތައްކަމެއް އެކުންފުނީގެ ވެރިންނަށް ފައިދާ ވާގޮތަށް ނިންމަވާ ދެއްވާފައެވެ.

މީގެ ތެރޭގައި ދާދިފަހުން މަރުވި، އެކުންފުނީގެ ބާނީ ލީ ކުން ހީއަށް ރިޔާސީ މާފެއް ދެއްވުން ހިމެއެވެ. ޓެކްސްއަށް މަކަރު ހެދުމުގެ ކުށް ސާބިތުވެގެން 2009 ވަނަ އަހަރު ލީ ކުންހީ ޖަލަށް ލާން ހުކުމް ކުރެވުނެވެ. އެހެންނަމަވެސް މިހުކުމް ކުރެވުނީ ޖަލުހުކުމް ފަސްކުރެވޭ ގޮތަށެވެ. ކޮރަޕްޝަންގެ ތުހުމަތު ކުރެވި ލީ ކުންހީ 2008 ވަނަ އަހަރު ކުންފުނީގެ ޗެއަރމަންކަމުން ވަކިވި ނަމަވެސް، 2009 ވަނައަހަރު އޭރުގެ ދެކުނުކޮރެއާގެ ރައީސް ލީ އޭނާއަށް މާފް ދެއްވުމާއިއެކު 2010 ވަނަ އަހަރު އެނާ އެބުރި ސެމްސަންގ ކުންފުނީގެ އެންމެ އިސްމާގާމަށް އެބުރި ވަޑައިގެންނެވިއެވެ. މިއީ ދެކުނު ކޮރެއާގެ އެތައްބައެއްގެ ނުރުހުން ރައީސް ލީގެ މައްޗަށް އަމާޒުވެގެންދިޔަ މައްސަލައަކަށް އޭރު ވެގެންދިޔައެވެ.

ދެކުނު ކޮރެއާގަ މިހާތަނަށް ރައީސްކަން ކުރެއްވި ހުރިހާ ރައީސުންގެ މައްޗަށް ކަހަލަގޮތަކަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެން ގޮސްފައިވެއެވެ. މިގޮތުން 1990 ވަނަ އަހަރުގެ ފަހުން އެގައުމުގައި ވެރިކަން ކުރެއްވި 4 ރައީސަކުވަނީ ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ