ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ގޮވާލައި ހުށަހެޅި ޤަރާރު ބޭރުކޮށްލައިފި

ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ގޮވާލައި ހުށަހެޅި ޤަރާރު ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
14 ސެޕްޓެމްބަރ 2021 11:35
0

ވ.ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ހުށަހެޅި ޤަރާރު މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

މަޖިލީހަށް މިމައްސަލަ ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުއެވެ. މިމައްސަލަ ބަލައި ގަތުމަށް ވޯޓު ދެއްވީ އެންމެ 8 މެމްބަރުންނެވެ. ބަލައި ނުގަތުމަށް 10 މެމްބަރަކު ވަނީ ވޯޓު ދީފައެވެ.

ފަޒުލް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ފެލިދޫ އާދަޔާ ޚިލާފަށް ގިރަމުންދިއުމުގެ ސަބަބުން، ރަށުގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ ސަބަބުން ފެލިދޫގެ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ، ހޮސްޕިޓަލާއި، ސްކޫލާއި ރައްޔިތުންގެ ގޯތިގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑުވެ، ފެލިދޫގެ ރީތިކަމާއި ޤުދްރަތީ ގޮނޑުދޮށް ހަލާކުވެ، ރަށްގިރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާކަމަށެވެ.

ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވީނަމަވެސް އެކަންވެސް ނުފެށި ލަސްވަމުންދާތީ ފެލިދޫގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާ ދެއްވާ، ފެލިދޫގެ ރައްޔިތުންނަށް ސަލާމަތްތެރިކަމާއި، ރައްކާތެރި މާޙައުލެއް ހޯއްދަވާ ދެއްވުމަށް ކުރައްވަންޖެހޭ ކަންކަން ވީހާވެސް އަވަސް ކޮށްދެއްވުމަށް ޤަރާރުގައި އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.