އައިޕީޔޫގެ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައި ގަތުމަށްފަހު ޝާހިދު އެބުރި ނިއުޔޯކަށް

އައިޕީޔޫގެ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައި ގަތުމަށްފަހު ޝާހިދު އެބުރި ނިއުޔޯކަށް

Author
ހުސެއިން
09 ސެޕްޓެމްބަރ 2021 10:49
0

އައި.ޕީ.ޔޫ އިން އިންތިޒާމުކޮށްގެން ބޭއްވި ސްޕީކަރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އެނބުރި ނިއުޔޯކަށް ވަޑައިގެންފިއެވެ.

ނިއުޔޯކަށް ވަޑައިގަތުމަށްފަހު، މިވަގުތު ނިއުޔޯކްގައި ހުންނެވި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މިނާކްޝީ ލޭކީ އާއި ޝާހިދުވަނީ ބައްދަލުކުރެއްވިއެވެ. އަދި މީގެ އިތުރުން ޝާހިދުވަނީ، އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު ހުންނަވާ ދައުރުގައި، އެމަނިކްފާނުގެ ތަރުޖަމާނެއްގެ ގޮތުގައި މޮނިކާ ގްރޭލީ ވަނީ ހަމަޖައްސަވާފައެވެ. މޮނިކާއަކީ މިވަގުތު ޔޫ.އެން ނިއުސްގެ ޕޯޗްގީޒް އެޑިޓަރެވެ. އަދި އޭނާ ވަނީ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ މަރިއާ ފެރްނާންދާ އެސްޕިނޯސާ ގެ ތަރުޖަމާނުކަން 2018/2019 ގައި ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ރަސްމީކޮށް އދގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހު (14 ސެޕްޓެމްބަރު) އެވެ. ރިޔާތާ ހަވާލުވެޑައިގަތުމުގެ ކުރިން ޝާހިދު ގެންދަވަނީ ނިއުޔޯކުގައި ގާއިމް ކުރެވިފައިވާ މިޝަންތަކުގެ ޕާމަނެންޓެ ރެޕްރެސެންޓޭޓިވްސްއިންނާއި، އަދި އެނޫންވެސް، ނިއުޔޯކުގައި ތިއްބަވާ ޑިޕްލޮމޭޓުންނާއި ބައްދަލު ކުރައްވަމުންނެވެ.

އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ 35 އަށްވުރެ ގިނަ ޤައުމަކުން އދ.ށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.

އަދި މީގެ އިތުރުން ޝާހިދުވަނީ އދ. ސެކެޓްރީ ޖެނެރަލްއާއިވެސް ބައްދަލު ކުރައްވާފައެވެ.

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

އދ.ގެ އާންމު މަޖިލިހަކީ، 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހަކަށް ވާއިރު، މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.

އައިޕީޔޫގެ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައި ގަތުމަށްފަހު ޝާހިދު އެބުރި ނިއުޔޯކަށް

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.