ޑިޖިޓަލް ބޭންކުން ޚިދުމަތް ދިނުމަށް އެސްޓޯއޯއިން ހުށަހަޅައިފި

ޑިޖިޓަލް ބޭންކުން ޚިދުމަތް ދިނުމަށް އެސްޓޯއޯއިން ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 01:38
0

އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލައިސަންސް ހޯދުމަށް މިއަދު ހުށަހަޅައިފިއެވެ.

އެކުންފުނިން އުންމީދުކުރަނީ ލައިސަންސަށް އެދޭތާ ތިން މަސް ދުވަހުގެރޭގައި ލައިސަންސް ލިބި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޚިދުމަތް ދިނުމެވެ. މިފަދަ ޚިދުމަތަކަށް ދާން ނިންމި އެންމެ ބޮޑު ސަބަބަކީ ފޯރުކޮށްދޭ ޚިދުމަތް ވީހާވެސް ރައްޔިތުންނާއި ގާތުން އަވަށް ދިނުންކަމަށް އެސްޓޯއީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެފައެވެ.

އަމްރު ވިދާޅުވީ ދާޅުވީ ޑިޖިޓަލް ބޭންކެއްގައި ހިދުމަތްތައް އަވަސް ކަމާއެކު ފޯރުކޮށް ދެވޭނެ ކަމަށެވެ. އެކައުންޓު ހުޅުވުމާ އެހެނިހެން މުއާމަލާތްތައް ވެސް ތަނަކަށް ނުގޮސް އޮންލައިންކޮށް ކޮށްލެވޭނެ ކަމަށެވެ. އަދި ޑިޖިޓަލް ބޭންކިންގް މެދުވެރިކޮށް ލޯނަށް އެޕްލައިކޮށް އެކައުންޓަށް އެ ފައިސާ 60 ސިކުންތު ތެރޭގައި ޖަމާ ވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ޑިޖިޓަލް ބޭންކިން ހިދުމަތް ބެނުން ކުރާއިރު އެ ފައިސާ މެނޭޖު ކުރުމަކީ އެކައުންޓުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ވެސް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފެށޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ޑިޖިޓަލް ބޭންކިންގެ ލައިސެންސް ލިބުމުން ކަމަށެވެ. އެހެންކަމުން މި ހިދުމަތް ފަށަން ހަ މަސް ވަރު އަދި ނަގާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ލައިސަންސް ލިބުމާއިއެކު އެސްޓީއޯގެ ދަށުން ޑިޖިޓަލް ބޭންކިންއަށް ޚާއްސަ ސަބްސިޑަރީ ކުންފުންޏެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށާއި، އަދި އަންނަ އަހަރުތެރޭ މި ބޭންކުގެ ޚިދުމަތްތައް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.