މަޖިލިސްގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޑައި ގަންނަވާ ވަޒީރުންނަށް، 14 ދުވަހުގެ ނޯޓިސްއެއް ލިބޭއިރު، ދުރާލައި ސުވާލުތަކަށް ޖަވާބުދެއްވުމަށް ތައްޔާރުވެގެން މަޖިލީހަށް ވަޑައި ގެންނެވުމަށް މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުކޮށްފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމް ޢަބްދުލްޙަކީމް، ކުރައްވާ ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ. އަސްލަމާއި ކުރުމަށް ހަމަޖެހިފައިވާ ސުވާލަކީ ށ.ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރ ގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ؟ އާއި އަދި އެކަމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނީ ކިހާތާކުތޯ؟ އޮޅުން ފިލުވުމަށެވެ.
މިސުވާލުތަކަށްވެސް އަސްލަމަށް އެހާ ފުރިހަމައަށް ޖަވާބެއް ދެއްވިފައި ނުވެއެވެ. މިކަމާއި ޝަހީމްވަނީ، ނިޒާމީ ނުކުތާ ނަންގަވައި، އެސުވާލަކީ މިއަހަރުގެ ފެބްރުއަރީ މަހު ދެވިފައިވަ ސުވާލެއްކަމަށް ދަންނަވާފައެވެ.
އަސްލަމާއި ކުރެއްވި ގިނަ މެމްބަރުން ސުވާލުތަކެއް ކުރެއްވިއިރު، އެއްވެސް ސުވާލަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އަސްލަމް ވިދާޅުވަމުން ގޮސްފައިވަނީ މަޖިލީހަށް ވަޑައިގަންނަވަން ޖެހޭކަންވެސް އެގުނީ އިއްޔެ މެންދުރު ކަމަށާއި، އެހެންކަމަށް ވުމުން، ސުވާލުތަކަށް ޖަވާބު ދެއްވަން ދަތިވާކަމަށެވެ. އަދި ކުރައްވާ ގިނަ ސުވާލުތަކުގެ ޖަވާބު ބޭނުންނަމަ ވަޒީރު އިންނަވާ އޮފީހަށް ވަޑައި ގަތުމަށް ވަނީ ދަންނަވާފައެވެ.
އަސްލަމް ވިދާޅުވީ އޭނާއަކީ ފޯނާއި ދުރު މީހެއްކަމަށް ގަބޫލު ކުރައްވާކަމަށާއި، ނަމަވެސް އޮފީހަށް ވަޑައިގެންފިނަމަ، ކޮންމެ ޕްރޮޖެކްޓެއްގެ ތަފްސީލް ވަރަށް ރަނގަޅަށް ދެވިގެންދާނެކަމަށެވެ.
އަސްލަމްގެ ވާހަތަކާއި ގުޅިގެން މަޖިލިސް ނާއިބް ރައީސް ވިދާޅުވީ މިދައުރުގައި އަދިވެސް ކުރިއަށް 5 ވަރަކަށް ސުވާލު އަސްލަމަށް އޮތުމުން ދެން ވަޑައިގަންނަވާ ފަހަރުތަކުގައިވެސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވޭނެގޮތަކަށް ތައްޔާރުވެގެން ވަޑައިގެންނެވުމަށް ވަނީ ދަންނަވާފައެވެ. އަދި ވަޒީރަކަށް ލިބޭ 14 ދުވަހުގައި އެކަށީގެންވާ ވަރަށް ތައްޔާރުވުމަށް މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ