އަދާލަތު ޕާޓީއަކީ މިހާރު އުވާލަން ޖެހޭ ޕާޓީއެއް: މުސްތަފާ

އަދާލަތު ޕާޓީއަކީ މިހާރު އުވާލަން ޖެހޭ ޕާޓީއެއް: މުސްތަފާ

Author
ހުސެއިން
05 ސެޕްޓެމްބަރ 2021 08:11
0

އަދާލަތު ޕާޓީއަކީ ދިވެހި ދައުލަތަށް ނަގަންޖެހިފަ އޮތް ބޮޑު ލައިބިލިޓީއެއްކަމަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކޯލިޝަންއެކޭ ކިޔައިގެން ސަރުކާރެއް އުފެދޭއިރަށް "މަސްބައި އަޅާހެން" ބައި އަޅަން ޖެހޭ ކަމަށާއި، އެހެންނަމަވެސް އެޕާޓީއަކީ މަޖިލިސް މެމްބަރެއްވެސް ނެތް ޕާޓީއަކަށް ވާއިރު، އެޕާޓީއަކީ އެއްވެސް ރައުސުލްމާލެއް ނެތް ޕާޓީއެއް ކަމުގައެވެ. އެހެންކަމުން އެއީ މިހާރު އުވާލަން ޖެހިފައިވާ ޕާޓީއެއްކަމުގައި މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ކޮންމެ ސަރުކާރެއްވެސް އުފެދޭއިރަށް އެޕާޓީއަށް ޢަނީމާ މުދަލުން ބައި އަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، އެޕާޓީއަކީ އެމްއާރުއެމްއާވެސް ތަފާތު ޕާޓީއެއް ކަމުގައެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި، އެމްއާރުއެމްގައި ގައުމުގައި 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅަކު އެބަހުންނެވި ކަމަށާއި އަދި އެބޭފުޅާއަށް ޚާއްސަ އިނާޔަތެއް އޮންނަން ޖެހޭކަމަށް ރައްޔިތުންވެސް ގަބޫލުކުރާ ކަމުގައެވެ.

ތިމަރަފުށީ ދާއިރާގެ ކުރީ މެމްބަރު މުހައްމަދު މުސްތަފާއަކީ، ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް މަޖިލިހުގެ ތެރޭގައި އޭރު މަސައްކަތް ކުރި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައިވެސް ބައިވެރިވެ ވަޑައިގެންނެވި މުސްތަފާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިސަރުކާރާ ދެކޮޅަށެވެ.

އަދި މީގެ އިތުރުން މުސްތަފާ ފަހަކަށް އައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ސާލިހާ ރައީސް ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ކޯޅުންތަކުގައި، ރައީސް ނަޝީދު ފަޅިއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަގުލުދާށި
މުސްތަފާކީސިޔާސީގޮތުބަލާނަ ރެވިއޮތްޓަރެއްގެ ބާރެއްހުރިމީހެއްވެސްނޫ ދެންކީކޭތަތިކިޔަނީ