އުކުޅަހު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާއި ހިއްސާ ކުރައްވައިފި

އުކުޅަހު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާއި ހިއްސާ ކުރައްވައިފި

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި، އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންރައް އޮޅުން ފިލުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން އުކުޅަހުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިބައްދަލުވުމުގައި ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މުހިންމުކަމުގެ ވާހަކައެވެ. އަދި ރަށުގެ މަގުތައް ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮޖެހުންތަކާއި، ފެރީ ޓަރމިނަލް ރަނގަޅު ފެންވަރެއްގައި ނެތުމުން ދިމާވާ ދަތިތަކާއި ކުރީގެ ބަނދަރުގެ ޖެޓީ ހަލާކުވެފައި އޮތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ރައީސުލްޖުމްހުރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ރަށުގައި ޒުވާނުންނަށް ޚާއްޞަ ޔޫތު ސެންޓަރެއް ނުވަތަ އެފަދަ ޚިދުމަތް ދެވޭނެ ގޮތެއް ހަދައިދެއްވަން ވެސް ކައުންސިލުން ވަނީ އެދިލައްވާފައެވެ. ހަމައެއާއެކު ޒުވާނުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ޓިވެޓް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ހެލްތް ސެންޓަރުގެ ވަޞީލަތްތައް އިތުރުކޮށް އެ ސެންޓަރުން ދެވޭނެ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުންވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އުކުޅަސް ކައުންސިލުން ހުށަހެޅުއްވި ކަންކަންކަމާއި ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވައި އަދި މި ބައްދަލުވުމުގައި ފާހަގަކުރެއްވިކަންކަން ހައްލުކުރެއްވުމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް ކައުންސިލުން ފާހަގަކުރައްވާފައިވާގޮތަށް ފެރީޓަރމިނަލްގެ މަސައްކަތް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އެހީތެރިކަން ފޯރޮކޮށްދެވެން އޮތްގޮތެއް ބައްލަވައި އެކަމަށް މަގުފަހި ކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ