ލީކުވެފައިވާ އޯޑިއޯގައި ދެކެވިފައިވާ ވާހަތަކާއި، ޝަރުއީ ދައިރާއަށް ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތާއި ގުޅިގެން އެވާހަތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަތަކެއްކަމަށް ވިދާޅުވެ، އޭނާ ޝަރުޢި ދާއިރާއަށް ނުފޫޒު ފޯރުވުމަށް ވާހަކަ ދައްކަވާފައިވާ އަސްލު އޯޑިއޯއެއް ލީކްވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓަފް އަލީ ޒާހިރު ވިދާޅު ވެއްޖެއެވެ.
އަސްލު އޯޑިއޯއެއް ލީކް ވެއްޖެއްޔާ އިސްތިއުފާ ދޭނެތޯ؟ %100 ޔަގީން. އަސްލު އޯޑިއޯއެއް ނުހުންނާނެ. ލީކެއް ނުވާނެ، ނެތްއެއްޗެއް ލީކެއް ނުވާނެތާ. އެކަމަކުވެސް ތި ބަހުސްގެ ބޭނުމަށް އެފަދަ ކަމެއް އެހެން އޮވެއްޖެއްޔާމު އަޅުގަޑު މިހުރީ އިސްތިއުފާ ދޭން ތައްޔާރަށް.
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭނާ އެއްވެސް މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކް ވެއްޖެނަމަ އިސްތިއުފާ ދޭނެތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލުގެ ޖަވާބުގައި އަލީ ޒާހިރު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރުންތަކެއް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާއި، އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި، އަދި އަލީ ޒާހިރަށް ކުރާ ތުހުމަތު ތަކާއި ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވަނީީ މިހުރިހާ ތުހުމަތުތަކެއްވެސް ދޮގުކުރަވާފައެވެ.
އޭނާ ވިދާޅުވީ އާނާގެ މައްޗަށް ކުރެވެމުންދަނީ، އެއްވެސް ހަގީގަތެއްނެތް ތުހުމަތުތަކެއް ކަމަށާއި، ފަތުރަމުންދާ ވާހަކަތަކަކީ ބަޔަކު ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމުގެ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމުގައެވެ. އަދި ވިދާޅުވީ ކޯޓުތަކާއި ފަނޑިޔާރުންގެ އިތުރުބާރު ގެއްލުވާލުމަކީ މިފަދަ ވާހަތައް ދައްކަވާ މީހުންގެ އެންމެބޮޑު އަމާޒުކަމަށެވެ.
މި ޕްރެސް ކޮންފަރެންސްގައި އަލީ ޒާހިރު ވިދާޅުވީ، ނިމިދިޔަ ވެރިކަމުގައި ކޯޓުތަކުގެ ހުރުމަތް ކަނޑާލައި، ކޯޓުތަކުގެ ފުރާޅުން ޓިނުނަގައި ފަނޑިޔާރުން ހައްޔަރުކޮށް، ރައީސް އޮފީހުން ހުކުމްތައް އޮންނަންވީ ގޮތް ބުނެދިން ކަމުގައި ވީނަމަވެސް މިއަދު އެކަން އެގޮތަށް ކަންކަން ނުހިނގާނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާވެސް އަދި އޭނާވެސް ޝަރުއީ މަރުހަލާގައި ހިނގާ އެއްވެސް މައްސަލައަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ