ހެކި ދެއްކީމަ، ދޮގުކަން ސާބިތު ކޮށްދޭން 7 ފަހަރު ހުވާކުރަންވެސް ތައްޔާރު: އަލީ ޒާހިރު

ހެކި ދެއްކީމަ، ދޮގުކަން ސާބިތު ކޮށްދޭން 7 ފަހަރު ހުވާކުރަންވެސް ތައްޔާރު: އަލީ ޒާހިރު

Author
ހުސެއިން
05 ސެޕްޓެމްބަރ 2021 05:26
0

ލީކުވެފައިވާ އޯޑިއޯގައި ދެކެވިފައިވާ ވާހަތަކާއި، ޝަރުއީ ދައިރާއަށް ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތާއި ގުޅިގެން އެވާހަތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަތަކެއްކަން ހާމަކޮށްދިނުމަށް 7 ފަހަރު ﷲ ގަންދީ ހުވާ ކުރެއްވުމަށްވެސް ތައްޔާރަށް ހުންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރުންތަކެއް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާއި، އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއައި، އަލީ ޒާހިރަށް ކުރާ ތުހުމަތު ތަކާއި ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވަނީ މިވާހަތައް ދޮގުކުރަވާފައެވެ.

އޭނާ ވިދާޅުވީ މިވާހަތައް ދައްކަވަމުންދަނީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށެވެ. މިތުހުމަތު ކުރައްވާ ބޭފުޅުން މިކަމުގެ ހަގީގަތާއި ހަމައަށް ވާސިލްވާންޖެހޭ ކަމަށާއި، ސާފު ހެކި ދައްކައިފިނަމަ މަޤާމުން އިސްތިއުފާ ދެއްވާނެކަމަށެވެ. ނަމަވެސް ނުހިނގާ ކަމަކަށް، ނުވަތަ ހަގީގަަތެއް ނެތްކަމެއްގެ މައްޗަށް ވާހަކަތަކެއް ދެއްކުމަކީ ދުވަހަކުވެސް އެކަމަށް އިންސާފު ލިބޭނެ ކަމެއްނޫންކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ހުވާކުރަން ތައްޔާރުތޯ. 7 ފަހަރު ހުވާކުރަން އަޅުގަނޑު ތައްޔާރު. އަޅުގަނޑު ހިތުން އެހިސާބަށް ދާނަމަ އުސޫލުގެ ތެރެއިން ދާންވާނީ. މައްސަލަގައި ހެކި ދެއްކެވީމަ އަޅުގަނޑު މިހިރީ ތައްޔާރަށް. އަސްލު އޯޑިއޯއެއް ލީކުވެއްޖެނަމަ އަޅުގަނޑު މިހިރީ އިސްތިއުފާދޭން ތައްޔަރަށް.

– އަލީ ޒާހރިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ އެއްވެސް ހަގީގަތެއްނެތް ދޮގުވާހަތަކެއް ފަތުރަމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންގެ އިތުރުބާރު ގެއްލުވާލުމަކީ މިފަދަ ވާހަތައް ދައްކަވާ މީހުންގެ އެންމެބޮޑު އަމާޒުކަމަށެވެ. ނިމިދިޔަ ވެރިކަމުގައި ކޯޓުތަކުގެ ހުރުމަތް ކަނޑާލައި، ކޯޓުތަކުގެ ފުރާޅުން ޓިނުނަގައި ފަނޑިޔާރުން ހައްޔަރުކޮށް، ރައީސް އޮފީހުން ހުކުމްތައް އޮންނަންވީ ގޮތް ބުނެދިން ކަމުގައި ވީނަމަވެސް މިއަދު އެކަން އެގޮތަށް ނުހިނގާނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާވެސް އަދި އޭނާވެސް ޝަރުއީ މަރުހަލާގައި ހިނގާ އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރުވާފައި ނުވާނެކަމަށެވެ. އަލީ ޒާހިރާއި ގުޅިގެން ދެކެވޭ ވާހަތައް ދޮގުކޮށްފައިވާއިރު، ކޯޓުތަކަށް އަލީ ޒާހިރުގެ ނުފޫޒު ފޯރުވާކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ހައިލަމަށް ގުޅުއްވައި އަލީ ޒާހިރު ނުފޫޒު ފޯރުވިކަމަށެވެ.

ފަނޑިޔާރުންނާއި، އިދިކޮޅު ފަޜަތްތަކުން ދައްކަމުންދާ ވާހަތަކާއި ގުޅިގެން އަލީ ޒާހިރުވަނީ މިކަމުގެ ޚަބަރުތައް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ބައެއް މީޑިއާތަކުން ފަތުރަމުންދާކަމަށެވެ. އަލީ ޒާހިރުވަނީ މިބައްދަލުވުމުގައި އޯޑިއޯތަކުގައިވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް އޭނާގެނަން އެވަރަށް ބޭނުން ކުރަމުންދަނީ ދައްކާނެ އިތުރު މީހެއްގެ ވާހަކަތަކެއް ނެތުމުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ހެކީގެ ކުރިމަތީގައި ހުވާ ކުރާކަށް ނުޖެހޭނެ، ކިތަންމެ ބޮޑު ދޮގުހުވައެއް ކުރާކަށްވެސް ތިއިން މީހަކު ފަހަކާށް ނުޖެހޭނެ.